ހުޅުމާލެ ނިރޮޅުމަގުގައި އެމްޓީސީސީގެ ބަހެއް އެކްސިޑެންޓް ވެއްޖެއެވެ.
ދިވެހި ފުލުހުން ވިދާޅުވީ، ހުޅުމާލެ ނިރޮޅުމަގުގައި ޕާކްކޮށްފައި އޮތް ކާރެއްގައި އެމްޓީސީސީގެ ބަހަކުން ޖެހި އެކްސިޑެންޓް ވެފައިވާކަމަށް މިއަދު ހެނދުނު 10:07 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓް ހިނގީ މާލެއިން ގިނަ ބަޔަކާއެކު ހުޅުމާލެ ފޭސް ދެއަކަށް ބަސް ދަތުރުކުރަމުންދަނިކޮށެވެ.

މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިނުވީނަމަވެސް، މި އެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.