ދަގަނޑޭ އާއި ސެންޓޭ އެނބުރި ވެލެންސިއާއަށް!

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)، އާއި ފޯވާޑް އަލީ ފާސިރު (ސެންޓޭ) ކްލަބް ވެލެންސިއާ އަށް ބަދަލުވެއްޖެއެވެ.

ދަގަނޑޭ ވަނީ އޭނާ ފުޓްބޯޅަ ކެރިއަރު ފެށި ކްލަބް ވެލެންސިއާއަށް ބަދަލުވިކަން ރޭ ސޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ. އެނގިފައިވާ ގޮތުގައި ސެންޓޭ ވެސް ވަނީ ވެލެންސިއާއާ ގުޅެން އެއްބަސްވެފައެވެ. އަދި، އާ ސީޒަނަށް އެފްއޭއެމަށް ހުށަހެޅި ވެލެންސިއާގެ ޓީމު ލިސްޓުގައި މި ދެކުޅުންތެރިންގެ ނަން ވަނީ ހިމަނައިފައެވެ.

މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކުލަބަށް ކުޅުނު ދަގަނޑޭ ފުޓްބޯޅަ ކެރިއަރު ފެށީ އުމުރުން 16 އަހަރުގައި 2001 ވަނަ އަހަރު ވެލެންސިއާއިންނެވެ. ވެލެންސިއާގައި ހަތަރު އަހަރު ދަގަނޑޭ ހޭދަކުރިއިރު، އޭނާ ވަނީ އެ މުއްދަތުގެ ތެރޭގައި ދިވެހި ލީގު ހަތަރު ފަހަރު، ކަޕްވިނާސް ކަޕް ދެ ފަހަރު އަދި އެފްއޭ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ. ދަގަނޑޭއާ އެކު ސެންޓޭ އަކީ ރާއްޖޭގައި ފަހަކަށް އައިސް އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ ކުޅުންތެރިއެކެވެ.

ދަގަނޑޭ މިދިޔަ ސީޒަނުގެ ކުރީކޮޅު ކްލަބް ގްރީން ސްޓްރީޓްސް އަށް ކުޅުމަށް ފަހު ސީޒަނުގެ ފަހުކޮޅު ބަދަލުވީ ޓީސީ ސްޕޯޓްސް ކްލަބަށެވެ. ސެންޓޭ މިދިޔަ ސީޒަނުގައި ފެނުނީ ކްލަބް އީގަލްސް އިންނެވެ. ދަގަނޑޭ އާއި ސެންޓޭ ކުރިއަށް އޮތް ސީޒަނުގައި ވެލެންސިއާއަށް ކުޅެން ނިންމިއިރު، މި ދެ ކުޅުންތެރިން ވަނީ މީގެ ކުރިން ތިން އަހަރަކު އެކުގައި ނިއު ރޭޑިއަންޓަށް ކުޅެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ