އިހަވަންދޫގެ މަސްވެރިކަމުގެ ސިނާއަތު ކޮޅަށްޖަހައިދޭނަން: މުއިއްޒު

ހއ. އަތޮޅުން މަސްވެރިކަމަށް މަޝްހޫރު އިހަވަންދޫގެ ހަލާކުވެފައިވާ މަސްވެރިކަމުގެ ސިނާއަތު އަލުން ކޮޅައްޖައްސަވާނެކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، އިހަވަންދޫގައި މިހާރު ކުރިއަށްދާ ރިޔާސީ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ، އެރަށަކީ ހަތަރު ހާހެއްހާ ރައްޔިތުން ދިރިއުޅޭ މަސްވެރިކަމުގެ ހަބެއް ނަމަވެސް އަޑުއިވިގެންމިދަނީ ސަރުކާރުން އެރަށަށް ވަރަށް ބޮޑަށް އިހުމާލެވެ، މަސްވެރިކަމުގެ ސިނާއަތު އެރަށުން ހަލާވެގެން ގޮސްފައިވާ ވާހަކަ ކަމަށެވެ.

"އަޅިގަނޑު ދޭ ޔަޤީންކަމަކީ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އިހަވަންދޫގެ މަސްވެރިކަމުގެ ސިނާއަތު ކޮޅަށްޖަހައިދޭނަން. އެކަން ކުރުމަށްޓަކައި ރައްޔިތުންގެ ފަރާތުން، މަސްވެރިކަންގެ ފަރާތުން އެދިވަޑައިގެންފައިވާ ހުރިހާ ކަމެއްވެސް އިރާދަކުރެއްވިއްޔާ ިތިބޭފުޅުންގެ މަޝްވަރާޔާ އެކީގައި އަޅުގަނޑުމެން ތަރުތީބުކޮށް ކުރިއަށް ގެންގޮސްދޭނަން." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، އެކަން ކުރުމަށްޓަކައި އެންމެ މުހިންމު ކަމަކަށް އޮތީ ދޯނިފަހަރު ބަނދެ މަރާމާތު ކުރުމަށް މީހުން ދިރިއުޅޭ ސަރަހައްދާ އެހާ ކައިރީގައި ނުރައްކާތެރި އެ މަސައްކަތް ކުރަންޖެހޭ މައްސަލައަށް ހައްލެއް ހޯދުން ކަމަށެވެ. މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށްޓަކައިވެސް އަދި ރަށު ރައްޔިތުންގެ އާއްމު ޞިއްޙަތާއި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށްޓަކައިވެސް އެއީ ހައްލު ގެންނަންޖެހޭނެ ކަމެއްކަމަށެވެ.

"ރަށުގައި ބިމެއް ނެތް. އެހެންވީމާ ދެން އޮންނާނީ ބިން އުފެއްދުން، ބިން ހިއްކުން. އެހެންވީމާ މިރަށާއި ކައިރީގައި އޮތް ދިގުފަރު ހިއްކައި މިރަށުގެ ރައްޔިތުން އެދޭގޮތަށް ސިނާއީ މަސައްކަތް ކުރާނެ ބިން އަޅުގަނޑުމެން އުފައްދަދީ، އެ ދިގުފަރާ މިރަށާއި އަޅުގަނޑުމެން ގުޅާލަދޭނަން." އިހަވަންދޫ ގިނަ ރައްޔިތުންގެ އުއްމީދުގައި ކުލަޖައްސަވާނެކަން ހާމަކުރައްވައި މުއިއްޒު ވިދާޅުވިއެވެ.

އިތުރަށް މުއިއްޒު ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތް އެރަށުގައި ކޮޅަށްޖެހުމަށް މުހިންމު ކަންކަން ކަމަށް އެރަށުގެ މަސްވެރިން ފާހަގަކުރެއްވި ގިނަ ކަންތައްތަކެއް ހާސިލުކޮށްދެއްވާނެ ކަމަށެވެ.

 

"ކޯލްޑް ސްޓޯރޭޖެއް މިރަށަށް ވަރަށް ބޮޑަށް ބޭނުންވޭ. އުތުރުގެ މިހިސާބުގައި ނެތް މިކަމެއް. އެހެންވީމާ ފިޝް ކަލެކްޝަން ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތަކީ މިރަށުގެ މަސްވެރިން ވަރަށް ބޮޑަށް އެދެމުންދާކަމެއް. އެކަމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހާސިލުކޮށްދޭނެކަމެއް. ހަމައެއާއެކީގައި އައު އައިސްޕްލާންޓެއް ބަހައްޓައި ތެޔޮ ލިބޭނެގޮތް ހަމަޖައްސައިދިނުމަކީ ޟަރޫރީ ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފެންނަނީ. އެކަމަކީ ޔަޤީންކުރައްވާ އަޅުގަނޑު ހާސިލުކޮށްދޭނެ ކަމެއް." މުޅި އުތުރުގެ މަސްވެރިންނަށް އުފާވެރި ޚަބަރު ހިއްސާކުރައްވަމުން މުއިއްޒު ދާދި ދެންމެ ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީންގެ ލަފަޔާއި އިރުޝާދުގެ ދަށުން ދިވެހިރާއްޖެއަށް "ތަރައްޤީގެ ރަންޒަމާނެއް"  ގެނެސްދެއްވާނެކަމަށްވެސް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ ތަރައްޤީގެ ފިކުރުގެ މީހުން. ރައީސް ޔާމީނަކީ މިޤައުމަށް ދުވަހަކުވެސް މީގެކުރިން ނުގެންނަ މިންވަރަށް ގެނެސްދެއްވި ތަރައްޤީގެ ބާނީ. އެމަނިކުފާނުގެ ފަރާތުން އަޅުގަނޑުމެންނަށް މިކަންކަން ދަސްވެފައިވަނީ. އެހެންވީމާ ޔަޤީންކުރައްވަންވީ ކަމަކީ އަޅުގަނޑުމެންނަށް ރައްޔިތުން އިތުބާރުކޮށް މިކަން ހަވާލުކޮށްފިނަމަ، މިޤަައުމުން ފެނިގެންދާނީ ތަރައްޤީގެ ރަން ޒަމާނެއް އެމަނިކުފާނުގެ ލަފަޔާއި އިރުޞާދާ އެކީގައި އަޅުގަނޑުމެން ގެންނަތަން." މުއިއްޒު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ