ޕޭޓޮއިލެޓުގައި ހޭނެތިފައި އޮތް މީހާ މަރުވެއްޖެ

މާލޭގެ ޕޭ ޓޮއިލެޓެއްގެ ތެރޭގައި ހޭނެތިފައި އޮތް މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ވިދާޅުވީ އާއްމު ފާހާނާ ބަރީގެ ތެރޭގައި ވެއްޓިފައި އޮތް 54 އަހަރުގެ ފިރިހެނަކު މިއަދު ހެނދުނު 10:35 ހާއިރު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

މި މީހާ ނިޔާވެފައިވާކަމުގެ މަޢުލޫމާތު ހޮސްޕިޓަލުން ފުލުހުންނަށް ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ނިޔާވެފައިވާ މީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތްކަމަށާއި، ނަމަވެސް އެ މައްސަލަ ފުލުހުން އިތުރަށް ތަޙްޤީޤު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް