މަގުމަތިން އުމަރު ނަސީރަށް ދަގަނޑުބުރިއަކުން ހަމަލާދީފި

އަމިއްލަގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް، ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަޞީރަށް ހަމަލާދީފިއެވެ.

ޢުމަރަށް ހަމަލާދީފައިވަނީ މިއަދު ހަވީރު ބޭއްވި ރެލީގެ ތެރެއިންނެވެ.

ޢުމަރު ނަޞީީރު ވިދާޅުވީ، މިއަދު މާލޭގައި ބޭއްވި ރޯޑް ރެލީ ކުރިއަށް ދަނިކޮށް ދަގަނޑު އެއްޗަކުން މޫނުމަތީގައި ޖަހައި ހަމަލާދީފައިވާ ކަމަށެވެ. މި ހަމަލާދިނީ ޑްރަގް ވިއްކާ މީހެއްކަމަށް ތުހުމަތުކުރެވޭ މީހެއް ކަމަށްވެސް ޢުމަރު ވިދާޅުވިއެވެ.

"އަޅުގަޑުގެ ސެކިއުރިޓީ ގެ ގޮތުގައި ތިއްބެވި ސިފައިން މިހާރުވަނީ އޭނާގެ ފޮޓޯ ފުލުހުންނާ ހިއްސާ ކުރައްވާފައި. މިހާދިސާގެ ސަބަބުން އަޅުގަޑަށް އަނިޔާއެއް ލިބިފައެއް ނުވޭ." ޢުމަރު ވިދާޅުވިއެވެ.

ޢުމަރަށް މަގުމަތިން ހަމަލާދިންއިރު، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް މުއިއްޒުގެ ދަތުރާ ދިމާކޮށް ކ.ގުރައިދޫގައިވެސް އެމްޑީޕީ ސަޕޯޓަރުންނާއި ޕީޕީއެމް ސަޕޯޓަރުންނާއި ދެމެދު ވަނީ ހަމަނުޖެހުންތަކެއް ހިނގައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ