ހުޅުމާލެ/ ފޮޓޯ: ސަން

ހުޅުމާލެ މަގުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހުޅުމާލޭ މަގުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުން ވިދާޅުވީ، މަގުމަތީގައި މީހަކު ވެއްޓިފައި އޮވެގެން ފުލުހުންނަށް މިއަދު ހެނދުނު 8:00 ހާއިރު ވަނީ ރިޕޯޓުކޮށްފައެވެ. އެމީހާއަކީ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވިނަމަވެސް، އެއީ ބިދޭސީ ފިރިހެނެއް ކަމަށް ފުލުހުން ވަނީ މައުލޫމާތު ދިނެއެވެ.

އެމީހާ ވެއްޓިފައި އޮތްވާ ފެނިފައި ވަނީ، ހުޅުމާލޭ އުނިގަސްމަގުގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އެއީ ދުވަން ނުކުމެ އުޅުނު މީހެއްކަމަށް ބެލެވޭ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މި މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މި މައްސަލަ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ