ހަމާސްއިން މިނިވަންކުރި އިޒްރާއިލްގެ ދެމީހުން

ހަމާސްއިން އިޒްރާއިލްގެ ދެ އަންހެނުން މިނިވަންކޮށްފި

މިމަހުގެ ހަތްވަނަ ދުވަހު ހަމާސްްގެ ހަނގުރާމަވެރިން އިޒްރާއީލަށް ހަމަލާދީ ހައްޔަރުކުރި މީހުންގެ ތެރެއިން އުމުރުން ދުވަސްވީ ދެ އަންހެނުން މިނިވަންކޮށްފިއެވެ.

ހަމާސްގެ ހަނގުރާމަވެރިންގެ ތަރުޖަމާނަކު މިކަން ބައިނަލްއަގްވާމީ މީޑިއާތަކަށް ހާމަކޮށް ބުނެފައިވަނީ، މި ދެއަންހެނުން މިނިވަންކޮށްފައިވަނީ މިސްރާއި ގަތަރު މެދުވެރިވެ ކުރެވުނު މަޝްވަރާތަކަށް ފަހުގައި ކަމަށެވެ. ހަމާސްއިންވަނީ ހައްޔަރީން ދޫކޮށްލާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއްވެސް އާންމުކޮށްފައެވެ.

ހަމާސްގެ ރަސްމީ ޓެލެގުރާމު ޗެނެލުގައި އެ ޖަމާއަތުން އިތުރަށް ބުނެފައިވަނީ ދޫކޮށްލެވުނީ އިންސާނިއްޔަތައްޓަކައި ދޫކޮށްލެވުނު ދެމީހުންގެ ސިއްހީހާލަތުވެސް ދައްކަމުގެ ސަބަބުން ކަމަށެވެ. ދޫކޮށްލެވުނު ދެއަންހެނުންގެ އުމުރަކީ 85 އަހަރާއި 79 އަހަރެވެ.

އިޒްރާއިލްގެ އިދާރާތަކުން މައުލޫމާތު ދޭގޮތުގައި މިމަހުގެ ހަތްވަނަ ދުވަހު ހަމާސްގެ ހަނގުރާމަވެރިން އިޒްރާއިލްގެ ދެކުނަށް ދިން ހަމަލާގައި އިޒްރާއިލްގެ 200 އަށްވުރެ ގިނަ މީހުންވަނީ ހައްޔަރުކޮށްފައެވެ. އަދި 1،400 އަށްވުރެ ގިނަ މީހުންވަނީ މަރާލައިފައެވެ. އިޒްރާއިލްގެ ބޮޑުވަޒީރުވަނީ ހަމާޒްއިން ހައްޔަރުކުރި އިޒްރާއިލްގެ އެންމެހާ ރައްޔިތުން އެއްވެސް ޝަރުތެއްނެތި ދޫކޮށްލުމަށް ގޮވާލައިފައެވެ. މީގެއިތުރުން ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކުންވެސްވަނީ މިބައިމީހުންގެ ހައްގުގައި އަޑުއުފުލާފައެވެ.

މިދިޔަ ހުކުރުދުވަހުވެސް ހަމާސްއިންވަނީ ދެ އަންހެނަކު މިނިވަންކޮށްފައެވެ. މިފަހަރުވެސް މެދުވެރިއަކަށް ވެފައިވަނީ ގަތަރެވެ.

ހަމާސްއިން ހައްޔަރުކޮށްފައިވާ އިޒްރާއިލްގެ ރައްޔިތުން މިނިވަން ކުރުމުގައި ގަތަރާއި މިސްރުން މުހިންމު ދައުރެއް އަދާކުރަމުން ދިޔަނަމަވެސް އިޒްރާއިލާއި އަދި އެމެރިކާއިން ހައްޔަރީން މިނިވަން ކުރުމުގެ ނަމުގައި މަސައްކަތްކުރަމުންދަނީ އެއްގަމު މަގުން ގައްޒާއަށް އަރައި ގަތުމަށެވެ. މޮގޮތުން މިހާތަނަށް ގައްޒާއަށް ވައިގެ މަގުން ގިނަ ހަމަލާތަކެއްދީ އެތައްހާސް ކުށެއްނެއް ރައްޔިތުންވަނީ މަރާލައިފައެވެ.

ކުއްވެރިން މިނިވަން ކުރުމަށް އިޒްރޭލުން ހަނގުރާމަ އިސްކުރަމުންދާ ދިއުމަށް އިޒްރޭލުގެ އާންމު ރައްޔިތުންގެ މެދުގައިވަނީ ހިޔާލުތަފާތުވެފައެވެ. މިގޮތުން އެއްބަޔަކު މިކަމަށް ތާއީދު ކުރިނަމަވެސް މަދުބަޔަކުނަމަވެސް ދަނީ މިކަމަށް ނުރުހުން ފާޅުކޮށް މީގެ ސަބަބުން އިޒްރޭލުގެ ގިނަ އަދަދެއްގެ ކުއްވެރިން މަރުވެގެންދާނެކަމަށް ހާމަކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ