އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ލިބުނު ބޮމެއް ގޮވައި ސިފައިންގެ އިސްމީހަކު މަރުވެއްޖެ

އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ލިބުނު ބޮމެއް ގޮވައި ޔޫކްރެއިން އަސްކަރިއްޔާގެ އިސް އޮފިޝަލަކު މަރުވެއްޖެއެވެ.

މިހާދިސާ ހިނގައިފައިވަނީ އުފަންދުވަހުގެ ހަދިޔާގެ ގޮތުގައި ލިބުނު ޕާރުސަލުތައް ހިފައިންގެން އައިސް އެ ކެނޑުމުގެ މަސައްކަތުގައި އުޅެނިކޮށެވެ. މިހާދިސާގައި މަރުވެފައިވަނީ އުމުރުން 39 އަހަރުގެ ހެނަޑީ ޗަސްޓިއަކޮވް އެވެ.

ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދެމުން އިންޓީރިއާ މިނިސްޓަރ ވިދާޅުވީ، ބޮން ގޮވުމުގެ ސަބަބުން އަސްކަރިއްޔާގެ އިސްއޮފިޝަލް މަރުވުމުގެ އިތުރުން އުމުރުން 13 އަހަރުގެ ފިރެހެން ދަރިއަކަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަަމަށެވެ.

މިއީ އެކްސިޑެންޓެއް ކަމަށް ކަނޑައަޅައިފައި ވީނަމަވެސް އިތުރު ތަހުގީގުތައް އައްނަނީ ކަމާބެހޭ އިދާރާތަކުން ކުރަމުންނެވެ. މައުލޫމާތު ލިބޭގޮތުގައި އުފަންދުވަހުގެ ހަދިޔާގެ ގޮތުގައި އަސްކަރިއްޔާގެ އެކިއެކި ފަރާތްތަކުން ހެނަޑީ ޗަސްޓިއަކޮވް އަށްވަނީ ގޮވާޒާތުގެ ގިނަ ތަކެތި ފޮނުވައިފައެވެ.

ޔޫކްރެއިންގެ ރައީސްވެސްވަނީ މިހާދިސާއާއި ގުޅިގެން ހިތާމަ ފާޅުކޮށް ގެއްލިގެން ގޮސްފައިވަނީ ކުޅަދާނަ ސިފައިންގެ ބޭކަލެއްގެ އިތުރުން އެކުވެރިއެއް ކަމަށްވެސް ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ