އުމްރާގެ މާތް އަޅުކަން އަދާކުރުމަށް ރާއްޖެއިން މައްކާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ އެވެ.
ނިޔާވެފައި ވަނީ، ހދ. ހަނިމާދޫ، އަލަމާގެ، ހާލިދު އިބްރާހީމް އެވެ.
ހާލިދު ނިޔާވިކަން ހާމަކޮށްފައި ވަނީ، އޭނާ އާއި ހަވާލުވެހުރި މީގާތު ހައްޖު އެންޑް އުމްރާ ގްރޫޕުންނެވެ. ޚާލިދު ނިޔާވެފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި ކަމަށް އެ ގްރޫޕުން ވަނީ ބުނެފަ އެވެ.
އޭނާ ނިޔާވި ސަބަބެއް އަދި ސާފެއްނުވެ އެވެ.
މިއަހަރުގެ ޑިސެމްބަރު ޗުއްޓީއާ ދިމާކޮށް ރާއްޖެއިން 4500 އަށްވުރެ ގިނަ ދިވެހިން ވަނީ އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްފައެވެ.




