ޙައްޖުވެރިންތަކެއް - ފޮޓޯ: އަވަަސް

އުމްރާއަށް މީހުން ގެންދިއުމަށް ޕްރޮޕޯޒަލް ހުށަހަޅަން ހުޅުވާލައިފި

ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީއިން ކޮށްފައިވާ އިޢުލާނެއްގައި ބުނީ، ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު އެމިނިސްޓްރީއިން ހުޅުވާލާކަމަށާއި، ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމާ ބެހޭގޮތުން 24 ޖަނަވަރީ 2015 ގައި ގެޒެޓް ކޮށްފައިވާ "ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު" ގައިވާ ގޮތުގެ މަތީން އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅޭނީ، އެ އުސޫލުގެ 5 ވަނަ މާއްދާގައި ބުނެފައިވާ ޝަރުޠު ފުރިހަމަވާ ކުންފުނިތަކަށް ކަމަށެވެ.

ޕްރޮޕޯޒަލްފޮތް 28 ސެޕްޓެމްބަރ 2020 ވާ ހޯމަ ދުވަހުން ފެށިގެން 07 އޮކްޓޯބަރ 2010 ވާ ބުދަ ދުވަހާ ހަމައަށް އަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 12:00 އަށް މި މިނިސްޓްރީގެ ކައުންޓަރުން ގަންނަން ލިބެން ހުންނާނެކަމަށާއި ޕްރޮޕޯސަލް ފޮތުގެ އަގަކީ 15,000- (ފަސްހާސް) ރުފިޔާކަމަށްވެސް އެމިނިސްޓްރީގެ އިޢުލާނުގައި ވެއެވެ.

މީގެއިތުރުން ޕްރޮޕޯޒަލް ހުށަހަޅާއިރު، ސިޓީއުރައެއްގައި ބަންދު ކުރެއްވުމަށްފަހު ސިޓީއުރައިގެ ބޭރުގައި" ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި" މިހެން ލިޔެފައި ހުންނަންވާނެކަމަށްވެސް ބުނެފައިވެއެވެ.

އަދި ޕްރޮޕޯޒަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 1 އޮކްޓޯބަރ 2020 ވާ އާދިއްތަ ދުވަހުން ފެށިގެން 15 އޮކްޓޯބަރ 2020 ވާ ބުރާސްފަތި ދުވަހާ ހަމައަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 12:00 އަށް މި މިނިސްޓްރީގެ ކައުންޓަރުންކަމަށާއި، ޕްރޮޕޯސަލް ގަނެފައިނުވާ ކުންފުނިތަކުގެ ޕްރޮޕޯސަލް ބަލައި ނުގަންނާނެކަމަށްވެސް މިއިޢުލާނުގައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ