އަންނަ އަހަރުގެ މާޗު މަހުން ފެށިގެން އެއާ އެމްބިއުލަންސްގެ ޙިދުމަތް ފަށަން ސަރުކާރުން ނިންމައިފި އެވެ.
ރާއްޖޭގައި އެއަރ އެމްބިއުލާންސްގެ ޚިދުމަތް ގާއިމުކުރުމަށް ސަރުކާރުން ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު އިއްޔެ ބޭއްވި ވަޒީރުން މަޖިލީހުގެ ބައްދަލުވުމުގަ އެވެ.
ރައީސް އޮފީހުން ވިދާޅުވީ، މި ޙިދުމަތް އަންނަ އަހަރުގެ މާޗު މަހު ފަށަން ނިންމާފައި ވަނީ މިނިސްޓްރީއޮފް ހެލްތާއި މޯލްވިއަންއާ ގުޅިގެން ކަމަށެވެ.
އެގޮތުން މޯލްޑިވިއަންއާ ގުޅިގެން މިކަމަށް ޚާއްޞަ ދެ އެއަރ އެމްބިއުލަންސް ބޭނުންކުރާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. އަދި މި މަޝްރޫޢު ކުރިޔަށްގެންދަވާނީ މިހާރުވެސް މިނިސްޓްރީ އޮފް ހެލްތުގައި އެމަރޖެންސީ އެމްބިއުލަންސްގެ ޚިދުމަތްދިނުމަށް ކަނޑައަޅާފައިވާ ޑިޕާޓުމަންޓުން ކަމަށް ރައީސް އޮފީހުން ވިދާޅުވި އެވެ.
އެއަރ އެމްބިއުލާންސް ތަޢާރަފުކުރުމުގެ މަސައްކަތް ފެށުމަކީ ސަރުކާރުގެ ހަފުތާ 14ގައި ހިމެނޭކަމެކެވެ.
								
											

														