ޤައުމަށް ކުރިމަތިވި ކޮންމެ އުނދަގޫ ވަގުތެއްގައި ދިވެހިން އިސްކުރީ އެއްބައިވަންތަކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި މިއަދު ފާހަގަކުރާ ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު 26 ގައި ފާހަގަކުރާ ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފެށުމުގެ ގޮތުން މިއަދުގެ ފަތިސްނަމާދު ބޮޑު ޖަމާއަތުގައި ކޮށްފައެވެ.
— Dr Mohamed Muizzu (@MMuizzu) December 26, 2023
އެއަށްފަހު ސުނާމީގެ ރާޅު 2004 ވަނަ އަހަރު ރާއްޖެއަށް އެރިކަމަށް ރިކޯޑްކުރެވިފައިވާ ގަޑިކަމުގައިވާ ހެނދުނު 9:23ގައި ވަނީ ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފައެވެ. މި ސުކުޓުގައި ރައީސް ޑރ. މުއިއްޒުވެސް ބައިވެރިވެވަޑައިގަތެވެ. އަދި ސަރުކާރުގެ އޮފީސްތަކުންވެސް ވަނީ އެ އޮފީސްތަކުގެ ކުރިމަތީގައި މުވައްޒަފުން ނިކުމެ އެ ސުކޫތުގައި ބައިވެރިވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާ، ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ މިރޭ ދަރުބާރުގޭގައި ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ



