ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް(ސެންބެ): ފޮޓޯ/ ރައީސް އޮފީސް

ނައިބު ރައީސްގެ ފުރަތަމަ ދެ ދަތުރުފުޅަށް 3 މިލިއަން ރުފިޔާ

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދެ ދަތުރުފުޅަށް ތިން މިލިއަން ރުފިޔާ ޙަރަދުވެފައިވާ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

މިއީ މި ސަރުކާރުން ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު، ނައިބު ރައީސް ޤައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުތަކެވެ.

ނައިބު ރައީސް ޤައުމުން ބޭރަށް ކުރެއްވި މި ދެ ދަތުރަފުޅަކީ، ޑިސެންބަރު 4 އިން 14 އަށް "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި، "ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތު "ހިއުމަން ރައިޓްސް 75" ފާހަގަކުރުމަށްޓަކައި ބޭއްވި މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރުފުޅެވެ. 

ޚަރަދުތަކުގެ ތަފްޞީލުތައް ސަރުކާރުން ވަޢުދުވެފައިވާ ގޮތަށް ހާމަކުރައްވައިފިއެވެ. މި މަޢުލޫމާތުތައް ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބެވެ.

ރައީސް އޮފީހުން ވިދާޅުވީ، ނައިބު ރައީސް ޗައިނާ އަދި ޖެނީވާއަށް ކުރެއްވި ދަތުރުފުޅުގެ ޖުމްލަ ޚަރަދަކީ 3،189،544.58 ރުފިޔާ ކަމަށެވެ. އެއީ އެ ދެ ދަތުރުފުޅުގެ ޓިކެޓްގެ ޖުމްލަ ޚަރަދަކީ 2،413،029.54 އެވެ. އަދި ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ޖުމްލަ ޚަރަދަކީ 180،735.90  އެވެ.

ޗައިނާއަށް ކުރި ދަތުރުގެ ވަފުދުގެ ބޭފުޅުންނަށް ހުރުމާއި، ފަރިއްކޮޅާއި، އެތެރޭގެ ދަތުރުފަތުރުގެ ޚަރަދުތައް ހަމަޖައްސަވައިދެއްވާފައި ވަނީ ޗައިނާގެ ސަރުކާރުންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޖެނީވާއަށް ކުރެއްވި ދަތުރުފުޅުގެ ޖުމްލަ ޚަރަދަކީ 595،779.14 ރުފިޔާ ކަމަށެވެ.

ރައީސް އާއި ނައިބު ރައީސް ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުގެ ޚަރަދުތައް އެދަތުރެއް ނިންމަވައި ވަޑައިގަންނަވާތާ ގިނަވެގެން 15 ދުވަހުގެ ތެރޭގައި ހާމަކުރުމަކީ މި ސަރުކާރުން ނިއްމާފައިވާ ނިއްމުމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ