ފޮޓޯ: ރައީސް އޮފީސް

ވެރިކަމަކީ ޒިންމާއެއްގެ އިތުރުން އަމާނާތެއް: ރައީސް

ވެރިކަމަކީ ޒިންމާއެއްގެ އިތުރުން އަމާނާތެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް  މިހެންވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ 61 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ގެނެސްދިން "ބާއްޖަވެރި ހެނދުނެއް"ގެ ޚާއްޞަ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ޕްރޮގްރާމްގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ބައިވެރިވެ ވަޑައިގަތެވެ.

ޢާންމުންގެ ފަރާތުން ގުޅުއްވި ބައެއް ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުގެ ސްކޫލުދައުރުގެ ޓީޗަރެއްކަމުގައިވާ އައްޝައިޚް ޝުޢައިބު ޢަބުދުއްރަޙްމާން މި ޕްރޮގްރާމުގައި ގުޅުއްވައި ރައީސުލްޖުމްހޫރިއްޔާއާ ދެއްކެވި ވާހަކަފުޅުގައި، ވެރިކަމަކީ އުފަލެއްކަމުގައި ދެކެވަޑައިނުގަނެ މަސައްކަތްކުރެއްވުމަށާއި ރައްޔިތުންނާއި ގުޅޭ ކަންކަން ނިންމެވުމުގައި އެތައް ހާސްފަހަރު ވިސްނެވުމަށް ފަހު ނޫނީ ނުނިންމެވުމަށް ނަސޭޙަތެއްގެ ގޮތުގައި އެދިވަޑައިގެންނެވިއެވެ.

މި އެދިވަޑައިގެންނެވުމަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެއީ އެމަނިކުފާނުގެ ވެސް ވިސްނުންފުޅު ހުރިގޮތްކަމުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ މުދައްރިސްގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒަކީ ސްކޫލުދައުރުގައި ވެސް އެހެންކުދިންނާ ޚިލާފަށް މަޑުމައިތިރިކަމަށް ލޯބިކުރެއްވި އަދި އަޚްލާޤު ރަނގަޅު ހިތްހެޔޮ ދަރިވަރެއްކަން ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށް ގިނަ ވަޢުދުތަކެއް ވެފައިވާކަމަށާ އަދި އެ ވަޢުދުތައް ފުއްދަވާނެކަމުގެ ވަޢުދުވެސް ވެވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ