މިހާރު އާބަންކޯގެ ދަށުން ހިންގަމުން އަންނަ، ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކޮށްފިއެވެ.
ރައްޔިތުން މަޖިލީހުގެ ވަޒީރުންގެ މަޖިލީހުން މި ނިންމުން ނިންމާފައިވާކަން ހާމަކުރެއްވީ ރައީސް ޑރ. މުއިއްޒު އިއްޔެ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް 1 ޖެނުވަރީ 2024 އިން ފެށިގެން މާލެ ސިޓީއަށް ބަދަލުކުރަން އިއްޔެގެ ކެބިނެޓް ބައްދަލުވުގައި ނިންމާފައިވާ ކަމަށެވެ.
މިއީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ކެމްޕޭނުގައި އެމަނިކުފާނު ވެވަޑައިގެން ވައުދެކެވެ.
ރައީސް ވިދާޅުވީ، ކެބިނެޓުން އިއްޔެ މި ނިންމި ނިންމުމާއެކު، އޮފީހާއި، މެޝިންތައް، އަދި އިކުއިޕްމަންޓްގެ އިތުރުން މުނިސިޕަލް ބިންތައް އަދި ސްޓާފުން ޓްރާންސްފާ ކުރުމުގެ މަސައްކަތް މިއަދުން ފެށިގެން އެއްމަސް ދުވަސްތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އޭގެ އިތުރުން ހުރިހާ މުވައްޒަފުންނަށް މިހާރުވެސް ލިބެމުންދާ މުސާރަ ކުރިއަށް އޮތް 1 އަހަރު ދުވަހަށް ލިބޭނެ ކަމަށް ރައީސް ހާމަކުރެއްވިއެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތު ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.