މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޓިކްޓޮކް ތަރި ރޫމީ ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޓިކްޓޮކް ތަރި ފާތިމަތު ރޫމާ (ޕްރިޓީ ރޫމީ) ދޫކޮށްލައިފިއެވެ.

ޕްރިޓީ ރޫމީ އަދި އޭނާގެ ފިރިމީހާ، މުހައްމަދު ނަސީމު ހައްޔަރުކުރީ އެދެމީހުން ދިރިއުޅެމުންދާ ހ. ބްލޫ ބްރިޖް އިންނެވެ. ނަސީމަކީ މަސްތުވާތަކެތިގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެއެވެ.

ފުލުހުން ދާދި ދެންމެ "ފެށުމަށް" ވިދާޅުވީ، ރޫމީއާއި އޭނާގެ ފިރިމީހާ ބަންދުން ދޫކޮށްލާފައިވަނީ ކްރިމިނަލް ކޯޓުން ޝަރުތުތަކާއެކު ދޫކޮށްލަން އަމުރުކުރުމުން ކަމަށެވެ.

"މަސްތުވާތަކެތީގެ މައްސަލައެއްގައި މިމަހުގެ 11 ވަނަ ދުވަހު ހައްޔަރުކުރި ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުން ކޯޓުން ޝަރުތުކޮށްފައި، އެ ދެމީހުން ވަނީ ދޫކޮށްލާފައި." ފުލުހުން ވިދާޅުވިއެވެ.

ކޯޓު އަމުރެއްގެ ދަށުން ރޫމީގެ ގެއަށް ފުލުހުން ވަދެފައި ވަނީ، ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންގެ އިންޓަލިޖެންސްއަށް ލިބުނު މައުލުމާތަކާ ގުޅިގެންނެވެ.

މި މައްސަލައިގައި މިމަހުގެ 12 ވަނަ ދުވަހު މި ދެމީހުން ކޯޓަށް ހާޟިރުކުރުމުން ބަންދުގައި ބަހައްޓަން 3 ދުވަސް އަދި މިމަހުގެ 14 ވަނަ ދުވަހު އިތުރު 7 ދުވަސް ބަންދަށް ޖަހާފައިވެއެވެ. މިއަދު އެ ދެމީހުން ކޯޓަށް ހާޟިރުކޮށްފައިވަނީ ހަތް ދުވަހުގެ މުއްދަތު ހަމަވުމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

2 Responses

  1. އަލީބާ

    ޓިކްޓޮކް ގުއި ތަރި ދޫކޮއްލީއޭ… އެހެންތާވާނީ ބައި އަލާ ގޞނ ނާއި ފޑިޔާރން ތިބީމަ

  2. އިންސާފް

    ދެން ކިހިނަކުން ހައްޔަރުކުރީމަތޯ ހުކުމެއް އަންނާނީ. މިހާރުވެސް ކުށެއްނެއް މީހަކަށް ވިއްޔާ ހުކުން އަންނަ ދިމާވެސް ނޭންގޭނެ. ޤައުމެއްނެތް….

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ