ހުޅުމާލޭގައި ކެޓް ޝެލްޓަރ އެޅުމަށް ބޭނުންވާ ބިން ސިޓީ ކައުންސިލާއި ހަވާލުކުރުން-- ފޮޓޯ:މާލެ ސިޓީ ކައުންސިލް

ކެޓް ޝެލްޓާ އެޅުމަށް ބިން ހަވާލުކޮށްފި

މާލެ ސަރަހައްދުގައި އުޅޭ ބުޅާތަކަށް ވަގުތީ ޝެލްޓާ އަޅަން ބޭނުންވާ ބިން މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފިއެވެ.

ބުޅާތަކަށް ހާއްސަ ޝެލްޓާއެއް ގާއިމް ކުރުމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން މާލެ ސިޓީ ކައުންސިލާ މިއަދު ހަވާލުކޮށްފައި ވަނީ 5000 އަކަފޫޓުގެ ބިމެކެވެ. މި ވަގުތީ ކެޓް ޝެލްޓަރ ގާއިމު ކުރަނީ ފޭސް ދޭއް ފެށޭ ސަރަހައްދުގަ އެވެ.

މާލޭގައި ގިނަވެފައިވާ ބުޅާތައް ބެލެހެއްޓުމަށް ޤާއިމްކުރާ މި ފެސިލިޓީނިމޭއިރު ބުޅާތަކަށް ހާއްސަ ހޮޓަލަކާއި ޕާކެއްގެ އިތުރުން ފިހާރައެއް ހުންނާނެއެވެ. އޭގެ އިތުރުން ވެޓް ކްލިނިކެއްވެސް ހުންނާނެއެވެ.

މި ކެޓް ޝެލްޓާ ބިނާކުރުމަކީ، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މާލެ ސިޓީ ކައުންސިލުން ބުނިގޮތުގައި، މި ފެސިލިޓީ ނިމުނުން މާލެ ސަރަހައްދުގައި ގިނަވެގެން އުޅޭ ބުޅާތަކުގެ މައްސަލައަށް ދާއިމީ ހައްލެއް އަންނާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ