އަތް ދަބަހެއް ވަގަށްނެގި ޒުވާނަކު ދެނެގަތުމަށް ފުލުހުން، އާއްމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
ފުލުހުން ވިދާޅުވީ، 2022 ފެބްރުއަރީ 8 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލެ ލޮނުވެލި ގެސްޓްހައުސް ކުރިމަތީ ބީޗުގައި ބާއްވާފައިއޮތް ދަބަހެއް ވަގަށް ނަގާފައިވާ މައްސަލައިގެ ތުހުމަތަށް ހޯދަމުންދާ ޒުވާނާއަކީ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށެވެ.
"ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ޕޮލިސްގެ ނަންބަރު 9980062 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން." ފުލުހުން ވިދާޅުވިއެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޢާއްމުންނަށް ޝުކުރު ދަންނަވާފައެވެ.




