ގއ. ކޫއްޑޫ ކޯލްޑް ސްޓޯރޭޖް ބޮޑުކުރުމުގެ އެއްބަސްވުމުގައި މިއަދު ސަރުކާރުން ސޮއިކޮށްފިއެވެ.
މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ގއ. ކޫއްޑޫ ކޯލްޑް ސްޓޯރޭޖް އެކްސްޕެންޝަން މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް އަދި ލަކީ ގްލޯބަލް ޕްރޮޖްކްޓްސް ޕްރިއިވެޓް ލިމިޓެޑް މެނޭޖިންގ ޑިރެކްޓަރ މިސްޓަރ އާޝިޝް އޮބެރޯއީއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ބައިވެރިވަޑައިގެންފިއެވެ.

ރާއްޖޭގައި މިވަގުތު ހުރި 8500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ދެގުނަކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެކެވެ.
ސަރުކާރުން މިހާރު އަމާޒު ހިފާފައި ވަނީ މިހާރު ހުރި ކެޕޭސިޓީ ތިން ގުނަ އިތުރުކޮށް، އެ އަދަދު ފަންސަވީސް ހާސް ޓަނަށް އިތުރުކުރުމެމަށެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.



