ކަނޑުމަސް

ދުނިޔޭގެ ކަނޑުމަހުގެ ދުވަހުގެ ތަހުނިޔާ ރައީސް މުޢިއްޒު ފޮނުއްވައިފި

މިއަދު ފާހަގަ ކުރެވޭ ދުނިޔޭގެ ކަނޑުމަހުގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.

ރައީސް މުޢިއްޒު އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކާބަފަައި ޒަމާނުއްސުރެ ދިވެހި މަސްކަނޑުތަކުގައި ދިވެހީން މިކުރާ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށް ނަމޫނާއެއް ކަމަށެވެ.

“މަސްވެރިކަމުގެ ޞިނާޢަތް ނެގެހެއްޓުމަށް ރެޔާއިދުވާލު މަސައްކަތް ކުރައްވާ ހުރިހާ ޚިދުމަތްތެރީންނަށް ދުނިޔޭގެ ކަނޑުމަހުގެ ދުވަހުގެ ތަހުނިޔާ ދަންނަވަން” ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ.

ދުނިޔޭގެ ކަނޑުމަހުގެ ދުވަހަކީ ކޮންމެ އަހަރަކު ވެސް މެއި މަހުގެ ދެވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މިދުވަހަކީ ކަނޑުމަހުގެ މުހިންމުކަމާއި، ކަނޑުމަހުގެ މިއަބާދީއަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ އުސޫލުތައް ގެންގުޅުމަށް ހޭލުންތެރިކުރުމަށެވެ. މިދުވަސް ރަސްމީކޮށް ފާހަގަކުުރުމަށް އދ.ގެ އާންމު މަޖިލީހަށް ހުށައެޅީ 2016 ވަނަ އަހަރުއެވެ.

މިއަހަރުގެ ކަނޑުމަހުގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅައިފައިވަނީ “އަހަރެމެންގެ ކަނޑު، އަހަރެމެންގެ ކަނޑުމަސް، އަހަރެމެންގެ ކުރިމަގު” އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ