ތ.ގުރައިދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ

ތ.ގުރައިދޫގައި އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް އެމަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނެފައިވަނީ މިމަސައްކަތުގެ %36 ނިމިފައިވާކަމަށެވެ.

އެމްޓީސީސީއިން ބުނެފައިވަނީ ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން ސޭންޑްބަންޑް ވޯލްގެ %36 މަސައްކަތް ނިމިފައިވާއިރު، ޕްރޮޖެކްޓް ސައިޓްގައި ޖިއޯބޭގް ފިލް ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

ގުރައިދޫއަކީ އާބާދީގައި 2،272 މީހުން ހިމެނޭ ރަށެކެވެ. އަތޮޅުގެ ނިސްބަތުން ބަލާއިރު ގުރައިދޫއަކީ ތަރައްޤީގެ ގޮތުން ފާހަގަކޮށްލެވޭ ރަށެކެވެ. އަތޮޅުގެ ގިނަ ބަޔަކު ވިޔަފާރި ކުރުމަށް ޒިޔާރަތް ކުރަމުން އަންނަވެސް ރަށެކެވެ.

އެމްޓީސީސީން ބުނެފައިވަނީ މި މަޝްރޫއުގެ ސަބަބުން 378،350 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި 979 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 609 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރެވެޓްމެންޓެއް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

މި މަޝްރޫއަށް 106 މިލިއަން ރުފިޔާ ހަރަދު ކުރެއެވެ. މި މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ 300 ދުވަސް ތެރޭގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ