ފުލުހުންގެ މައި މަރުކަޒު ހުޅުމާލޭގައި ތަރައްޤީކުރަނީ

ފުލުހުންގެ މައި މަރުކަޒާއި ޑާޓާ ސެންޓަރު ހުޅުމާލޭގައި ތަރައްޤީކުރަން ނިންމައިފިއެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ފުލުހުންނާ ދެމެދު ވަނީ ސޮއިކޮށްފައެވެ. ފުލުހުންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީނެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލެވެ.

ފުލުހުންގެ މައި މަރުކަޒުގެ ގޮތުގައި މިވަގުތު ބޭނުންކުރަމުން ދަނީ މާލޭގެ އުތުރު ފަރާތުގައި ޓްރެފިކްގެ ބާރު އެންމެ ބޮޑު އެއް ސަރަހައްދުގައި ހުންނަ ޝަހީދު ހުސައިން އާދަމް ބިލްޑިންގެވެ. އެ އިމާރާތް އެންމެ ފުރަތަމަ ބޭނުން ކުރީ ފުލުހުންނާއި ސިފައިންނެވެ. ނަމަވެސް ފުލުހުންނާއި ސިފައިންގެ ޚިދުމަތް ވަކިކުރުމުން އެ އިމާރާތް ފަހުން ވަނީ ފުލުހުންނަށް ޚާއްސަ ކޮށްފައެވެ.

ޝަހީދު ހުސެއިން އާދަމް އިމާރާތް ހުޅުވާފައިވަނީ 1999 ވަނަ އަހަރުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ