32 ރަށެއްގެ ކުޑަކުދިންގެ ޕާކު ތަރައްޤީކުރަން އެޗްޑީސީއަށް

32 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ކުޑަކުދިންގެ ޕާކެއް ގާއިމުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ ރަށްވެހި މާލަމުގައެވެ.

މި އެއްބަސްވުމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއިބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންޝަލް އެގްޒެކެޓިވް މުޙައްމަދު ސަރާޙެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް (ރޓޑ) ޢަލީ ޒުހައިރުއެވެ. މި އެއްބަސްވުމުގެ ދަށުން ޢަމަލީ މަސައްކަތް ކުރިއަށް ގެންދަން ޖެހޭ 32 ރަށެއްގެ މަސައްކަތް އެޗްޑީސީއާ ވަނީ ހަވާލުކުރެވިފައެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ 2026 ވަނަ އަހަރުގެ ނިޔަލަށް ކޮންމެ ރަށެއްގައިވެސް ކުޑަކުދިންގެ ޕާކެއް ގާއިމުކުރުމުގެ މަސައްކަތް ނިންމުމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ކުދިން ހެދިބޮޑުވުމަށާއި އަދި ކުދިން މުނިފޫހިފިލުމުގެ ގޮތުން ކޮންމެ ރަށެއްގައިވެސް ކުޑަކުދިންގެ ޕާކެއް ތަރައްޤީކުރުން ހިމެނޭކަމަށެވެ. ވަޒީރު އިތުރަށް ވިދާޅުވީ، ފާއިތުވި ދެ އަހަރުގެ ތެރޭގައި ޖުމްލަ 57 ރަށެއްގައި މުޅިން އައު ކުޑަކުދިންގެ ޕާކު ތަރައްޤީކުރެވޭނެ ކަމަށާއި، އަދި 73 ރަށަކަށް ޕާކު މަރާމާތުކުރުމަށް ބޭނުންވާ ތަކެތި ހޯދާދެވޭނެ ކަމަށެވެ. އެގޮތުން 115 ރަށުގެ ކުޑަކުދިންގެ ޕާކު ހިދުމަތް ދެވޭނެކަމަށް ވިދާޅުވިއެވެ.

ކުޑަކުދިންގެ ޕާކު ގާއިމުކުރުމަށް އެޗްޑީސީއާ ހަވާލުކުރެވުނު 32 ރަށުގެ ތެރޭގައި ހިމެނެނީ: ހއ. މޮޅަދޫ، ހއ. ފިއްލަދޫ، ރ. ހުޅުދުއްފާރު، ރ. މާކުރަތު، ރ. ކިނޮޅަސް، ރ. އިންނަމާދޫ، ރ. އިނގުރައިދޫ، ރ. ފައިނު، ހދ. ހަނިމާދޫ، ވ. ފުލިދޫ، ވ. ކެޔޮދޫ، ދ. މީދޫ، ތ. ވޭމަންޑޫ، ތ. ތިމަރަފުށި، ތ. ގުރައިދޫ، ލ. މާބައިދޫ، ލ. ދަނބިދޫ، ލ. މުންޑޫ، ގއ. ވިލިނގިލި، ގއ. ކަނޑުހުޅުދޫ، ގދ. ގައްދޫ، ސ. ހުޅުދޫ، ސ. ހިތަދޫ 1، ސ. ހިތަދޫ 2، ސ. މަރަދޫ ފޭދޫ، ސ. ފޭދޫ، ނ. ޅޮހި، ހދ. ނޮޅިވަރަމް، ށ. ކަނޑިތީމު، ށ. މިލަންދޫ، ބ. ފެހެންދޫ، އަދި ބ. ކުޑަރިކިލު އެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 57 ރަށެއްގައި ޕާކު ތަރައްޤީކުރުމުގެ މަސައްކަތް ހިމެނޭއިރު، މިހާރުވެސް 52 ރަށުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. މީގެ ތެރެއިން ފުރަތަމަ ބެޗުގައި ހިމެނޭ 12 ރަށުގެ ތެރެއިން 6 ރަށުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ، 4 ރަށުގެ މަސައްކަތް އެމްޓީސީސީއާ، އަދި 2 ޕާކެއްގެ މަސައްކަތް އާރްޑީސީއާ ވަނީ ހަވާލުކުރެވިފައެވެ. މީގެ އިތުރުން 129 ރަށަކަށް ބޭނުންވާ ޕާކް ސެޓުތައް ގެނައުމަށް އެސް.ޓީ.އޯއާ ވަނީ ހަވާލުކުރެވިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ