އަންނަ އަހަރަކީ ޤައުމީ އުފެއްދުންތެރިކަމުގެ އަހަރެއްގެގޮތުގައި ކަނޑައަޅަނީ

އަންނަ އަހަރަކީ ޤައުމީ އުފެއްދުންތެރިކަމުގެ އަހަރެއްގެގޮތުގައި ކަނޑައެޅުއްވުމަށް މަސައްކަތް ކުރައްވާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަށް ކުރެއްވި ދެވަނަ ޒިޔާރަތުގައި ދައުލަތުގެ މީޑިއާއަށް ރޭ ދެއްވި ބަސްދީގަތުމެއްގައެވެ.

ރައީސް ވިދާޅުވީ އެކަން ކުރައްވާނީ މަޝްވަރާކުރައްވައި، ޕްލޭންކަނޑައަޅުއްވައިގެން ވަށާޖެހޭގޮތެއްގައިކަމުގައި ކަމަށެވެ.

"މިއަންނަ އަހަރަށް ބަހާލައިގެން އުފެއްދުންތެރިކަމަށް ފުޅާދާއިރާއެއްގައި ފުރުޞަތު ފަހިކޮށްދޭން މަސައްކަތް ކުރާނަން ކްރިއޭޓިވް އެކޮނަމީއެއް ޤާއިމުކުރުމަކީ މި ސަރުކާރުގެ މެނިފެސްޓޯގެ ވަރަށް މުހިންމު ވަޢުދެއްކަން 2030 ވަނަ އަހަރަށް ދާއިރު މުޅި ޖީޑީޕީގެ 15 އިންސައްތަ އާމްދަނީ، ކްރިއޭޓިވް އިންޑަސްޓްރީއިން ލިބޭ މިންވަރަށް އެ ސިނާޢަތް ފުޅާކުރުމަށް ވަނީ ނިންމާފައި" ރަައީސް ވިދާޅުވިއެވެ.

އަމިއްލަ އުފެއްދުންތެރިކަން ދެއްކުމުގެ ފުރުޞަތު ސަރުކާރުން ފަހިކޮށްދެއްވާނެކަން ރައީސް ވަނީ ހާމަކުރައްވާފައެވެ.

ރައީސް ވިދާޅުވީ މި އަހަރު މި ބާއްވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަކީ ވަރަށް ކާމިޔާބު މަޢުރަޒެއް ކަމަށެވެ. އަދި މި މަޢުރަޒުގެ މަޤްޞަދަކީ ދިވެހި އުފެއްދުންތެރިކަމަށް ފުރުޞަތު ދިނުންކަމުގައި ފާހަގަކުރައްވައި މިކަން ޙާޞިލްވެފައިވާކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އަމިއްލަ ފަރުދުންގެ އުފެއްދުންތެރިކަން ކުރިއެރުވުމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެކަން ހާމަކުރައްވާފައެވެ. އަދި އަމިއްލަ މުއްސަދިކަމާ، މުޅި ޤައުމުގެ މުއްސަދިކަން ޙާޞިލްކުރުމަށް އެންމެން ގުޅިގެން އެކުގައި ކުރިއަށްދާން ބޭނުންފުޅުވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ