މެޑިކަލް އިންޓާރންޝިޕްގެ ފުރުސަތު ހުޅުމާލެ ހޮސްޕިޓަލުން ހުޅުވާލައިފި

މެޑިކަލް އިންޓާރންޝިޕްގެ ފުރުސަތު ހުޅުމާލެ ހޮސްޕިޓަލުން ހުޅުވާލައިފިއެވެ. މިއީ ހުޅުމާލެ ހޮސްޕިޓަލުން މި ފުރުސަތު ހުޅުވާލި ފުރަތަމަ ފަހަރެވެ.

މެޑިކަލް އިންޓާރންޝިޕަކީ މެޑިސިން ކިޔަވައިގެން އަންނަ ފަރާތްތަކުން ދާއިމީ ޚިދުމަތަށް ނިކުތުމުގެ ކުރިން  ފުރިހަމަކުރަންޖެހޭ 1 އަހަރު ދުވަހުގެ ޕްރޮގްރާމެކެވެ.

އެހެންކަމުން މިހާތަނަށް ހަމައެކަނި ދަރުމަވަންތަ ހޮސްޕިޓަލުގައި މި ފުރުސަތު އޮންނާތީ، އެކަމުގެ ޝަކުވާ ދިޔައީ މި ދާއިރާގެ ދަރިވަރުން ކުރަމުންނެވެ. މި ސަބަބާއެކު، އިންޓާރންޝިޕްގެ ފުރުސަތު މިހާރު ވަނީ ހުޅުމާލެ ހޮސްޕިޓަލްގެ އިތުރުން، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ވެސް ހުޅުވާލާފައެވެ.

އެގޮތުން ހުޅުމާލެ ހޮސްޕިޓަލުން 15 ފުރުސަތު ދިނުމަށް ނިންމާފައިވާއިރު، މި ފުރުސަތު ބޭނުންފުޅުވާ ފަރާތްތަކުން ޖޫން 29އިން ފެށިގެން، ޖުލައި 8ގެ 12:00އާއި ހަމައަށް އެކަމަށް އެދި ފޯމު ހުށައެޅުމަށް ވަނީ ހުޅުވާލާފައެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު އެ ހޮސްޕިޓަލުން ވަނީ ގެޒެޓުކޮށްފައެވެ.

އިންޓަރންޝިޕް ޕްރޮގްރާމަށް ޝަރުޠު ފުރިހަމަވާ 15 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިސްކަން ދެވޭނީ އެމް.ބީ.ބީ.އެސް ފުރިހަމަ ކޮށްފައިވާ ތާރީހަށް ބަލައި، ކޯސް ފުރިހަމަ ކުރިފަހުން ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށާއި މެއިލްފޮނުވާ ތަރުތީބަށްކަމަށް އެ ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ