ހުޅުމާލޭ ހޮސްޕިޓަލުން ފުރަތަމަ ފަހަރަށް ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަކުލު ހުޅުގެ ސަރޖަރީ ހެދުމުގެ ޚިދުމަތް ފަށައިފިއެވެ. މިގޮތުން އެ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމަކުން ވަނީ އާތްރޮސްކޯޕިކް (ކީހޯލް) ނީ ސަރޖަރީއެއް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ.