އެމެރިކާގެ 249 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ޖޯ ބައިޑަންއަށާއި، އެމެރިކާގެ ސަރުކާރާއި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހެޔޮ އެދުންތަކާއި ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި މެސެޖުގައި، ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެމެރިކާގެ ރައްޔިތުންނަށް މިނިވަންކަމާއި ކުރިއެރުން އެދިވަޑައިގެންފައިވެއެވެ. އަދި "އަންނަ އަހަރަކީ ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ އަހަރު ކަމަށްވާތީ، އެ މުނާސަބަތު ފާހަގަކުރުމަށް އުއްމީދުކުރައްވާ" ކަމަށް ވިދާޅުވެފައިވެއެވެ.
ރައީސް މުޢިއްޒުގެ މެސެޖުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ދިރުންހުރި ގުޅުން އިތުރަށް ހަރުދަނާކުރެއްވުމުގެ ޢަޒުމުގައި ހުންނެވިކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމުގެ އިތުބާރު އޮތްކަންވެސް ފާހަގަކުރައްވާފައިވެއެވެ.
އެމެރިކާގެ މިނިވަން ދުވަހަކީ 1776 ވަނަ އަހަރުގެ ޖުލައި 4 ވަނަ ދުވަހު، އިނގިރޭސި ރަސްކަމުގެ ދަށުން ވަކިވެ، މިނިވަންކަމުގެ މުޢާހަދާ ތަސްދީޤުކުރި ދުވަހެވެ. މިއަހަރު ފާހަގަކުރަމުންދަނީ އެމެރިކާގެ މިނިވަންކަމަށް 249 އަހަރު ފުރޭ އަހަރެވެ.
ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1966 ވަނަ އަހަރުއެވެ. ދިވެހިރާއްޖެ މިނިވަންވުމާއެކު އެމެރިކާއިން ދިވެހިރާއްޖެ ބަލައިގަނެ، އެ ޤައުމުގެ ސަފީރެއް އައްޔަންކޮށް، އޭރުއްސުރެ ދެ ޤައުމުގެ ދެމެދުގައި ވަރުގަދަ ގުޅުމެއް ދެމެހެއްޓިފައިވެއެވެ.




