ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލުން މިއަދުން ފެށިގެން ބަންގީގެ އަޑު އިވޭނެ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލުގައި 5 ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދުގެ އަސުރު ނަމާދުން ފެށިގެން މި ޚިދުމަތް ލިބެން ފަށާނެއެވެ.

މިނިވަން ދުވަހު ރަސްމީކޮށް ހުޅުވާފައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ނުވަތަ ޓަރމިނަލް 1 އަކީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށް ތަރައްޤީކޮށްފައިވާ ޒަމާނީ ވަސީލަތްތަކާ އެކު ހުޅުވާފައިވާ ޓަރމިނަލެކެވެ.

މި ޓަރމިނަލުގައި ފުރާ މީހުންނާއި، އަންނަ މީހުންނަށް ޚާއްސަކޮށް ގިނަ ޚިދުމަތްތަކެއް ޤާއިމްކުރެވިފައިވެއެވެ. އޭގެ ތެރޭގައި ފިރިހެނުންނާއި އަންހެނުންނަށް ވަކިން ނަމާދުކުރެވޭނެ ގޮތަށް ނަމާދު ކޮޓަރިތައް ޓަރމިނަލުގެ އެކި ސަރަހައްދުތަކުގައި ހެދިފައިވެއެވެ.

އައު ޓަރމިނަލުގައި ފުރާ މީހުންނަށް 20 އަށް ވުރެ ގިނަ އިމިގްރޭޝަން ކައުންޓަރާއި 6 އީގޭޓް ހުންނައިރު، އަންނަ މީހުންނަށް 28 އިމިގްރޭޝަން ކައުންޓަރާއި 7 އީގޭޓް ޤާއިމްކުރެވިފައިވެއެވެ. މިއީ ކުރީގެ ޓަރމިނަލާ އަޅާބަލާއިރު ދެގުނައަށް އިތުރު އަދަދެކެވެ.

ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ބަންގީގެ އަޑު އިވޭގޮތަށް ހަމަޖެއްސުމަކީ އެއަރޕޯޓުގެ މުވައްޒަފުންނާއި ފަސިންޖަރުންނަށް ގަޑިން ނަމާދުކުރުމަށް ލިބިގެންދާނެ ބޮޑު ފަސޭހައެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ