ރައީސް މުޢިއްޒު ބ.އަތޮޅުގެ ރަށްތަކަށް ދަތުރުފުޅެއް ފައްޓަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު  މިއަދު ވަނީ މާޅޮސްމަޑުލު ދެކުނުބުރީގެ (ބ.އަތޮޅު) ރަށްތަކަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅެއް ފައްޓަވާފައެވެ. މި ދަތުރުފުޅުގައި އެ އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަކަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިހާތަނަށް ރައީސް ވަނީ އެ އަތޮޅުގެ ހަތަރު ރަށަކަށް ޒިޔާރަތްކުރައްވާފައެވެ. އެގޮތުން މިއަދު ވަޑައިގެންނެވި ރަށްތަކުގެ ތެރޭގައި ކަމަދޫ، ކެންދޫ، ކުޑަރިކިލު އަދި އޭދަފުށި ހިމެނެއެވެ. މި ރަށްތަކުގައި ރައްޔިތުންނާ ބައްދަލުކުރައްވައި، ތަރައްޤީގެ އެކި މަޝްރޫޢުތައް އިފްތިތާޙު ކުރެއްވިއެވެ.

މި ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާ ރަށްތަކުގެ ތެރޭގައި ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަނު، ދަރަވަންދޫ އަދި މާޅޮސް ހިމެނެއެވެ. މި ރަށްތަކުގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ.

މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ