އއ.އަތޮޅުގައި އައިޑީކާޑް ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށައިފި

އއ. އަތޮޅު ކައުންސިލުގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށައިފިއެވެ. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން މިކަން އިއުލާނުކުރަމުން ބުނެފައިވަނީ މިއީ ސަރުކާރުގެ މުހިންމު ސިޔާސަތެއްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.

ޑީއެންއާރުން މަޢުލޫމާތު ދެއްވިގޮތުގައި، އއ. އަތޮޅުގައި މި ޚިދުމަތް ފެށުމާއެކު، އެ އަތޮޅުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު ފަހިވެގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން އައިޑީ ކާޑުގެ ޚިދުމަތް އަވަސްވެ، ހަރުދަނާވެގެންދާނެ ކަމަށްވެސް އެ އިދާރާއިން ފާހަގަކުރައްވާފައިވެއެވެ.

މިވަގުތު ރާއްޖޭގެ 28 ރަށެއްގައި މި ޚިދުމަތް ދެމުންދާއިރު، މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފެށުމަކީ ޑީއެންއާރުގެ އަމާޒެކެވެ. މީގެއިތުރުން، ދިވެހީން އާންމުކޮށް ދަތުރުކުރާ ބޭރު ޤައުމުތަކުގައިވެސް މި ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

އެގޮތުން މިހާރު މެލޭޝިއާގައި މި ޚިދުމަތް ދެމުންދާއިރު، ސްރީލަންކާ، އިންޑިއާ އަދި އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. މާލެއިން އެކަނި ލިބެމުންދިޔަ މި ޚިދުމަތް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމުގެ މަސައްކަތް ފެށިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި ގއ.ވިލިނގިލީގައެވެ.

އައިޑީކާޑާއި ޕާސްޕޯޓް ހެދުމުގެ ޚިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދެއް ކަމަށްވާއިރު، މި ޚިދުމަތް އަތޮޅުތަކަށް ފުޅާކުރުމުގެ މަސައްކަތް ދަނީ އަވަސް ސްޕީޑެއްގައި ކުރިއަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ