މިފަހަރު "ޓްވިޓްސާފު" އައްޑޫ ސިޓީއަށް

ޓުވިޓަރގައި ހަރަކާތްތެރިވާ ދިވެހި ޒުވާނުންތަކެއް އިސްނަގައިގެން ފެށި "ޓުވިޓްސާފު" އައްޑޫ ސިޓީއަށް މިސްރާބު ޖަހައިފިއެވެ. މިއީ ހުޅުމާލޭގެ ބައެއް ސަރަހައްދުތައް ނުސާފުނުވެ ކުނީގެ އަސަރު ކުރަން ފެށުމުން ކުރިއަށް ގެންދެވުނު ސާފުކުރުމުގެ ޕްރޮގްރާމެކެވެ. ސިޔާނާ މުހައްމަދު ޞާލިހް (ނާ ޞާލިހް) އިސްނެގުމުގެ ދަށުން މިހަރަކާތް ފުރަތަމަ ހިންގާފައިވަނީ ހުޅުމާލޭގައެވެ.

ނާ ޞާލިހް ޓްވިޓަރ ގައި އޭނާއާއިއެކު ހުޅުމާލެ ބީޗް ސާފުކުރަން ދާނެ ބަޔަކު ތިބިތޯ ބަލަން ކުރި ޓްވީޓަށްވަނީ ގިނަބައެއްގެ ތަރުހީބާއި އެއްބާރުލުން ލިބިގެން ގޮސްފައެވެ. އެގޮތުން ހުޅުމާލޭގައި ކުރިއައް ގެންދެވުނު ހަރަކާތުގައި 200 އަށްވުރެ ގިނަ ރައްތިތުން ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި ހުޅުމާލެ ޑިވަލޮޕްމެންޓް ކޯޕަރޭޝަނާއި ބައެއް އަމިއްލަ ކުންފުނި ތަކުގެ އިތުރުން އުރީދޫ އާއި ބޭންކް އޮފް މޯލްޑިވްސް ފަދަ ބޮޑެތި ކުންފުނިތަކުން ވެސް ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ގިނަ ފަރާތްތަކެއްގެ އެއްބާރުލުމައިއެކު މިހަފްތާގައި "ޓްވިޓްސާފު" އިން ވަނީ މިހަރަކާތް އައްޑޫގައި ކުރިއައް ގެންދިއުމަށް ނިންމާފައެވެ. މިހަރަކާތުގައި ވީހާވެސް ގިނަ ރައްޔިތުންގެ ބައިވެރިވުން ލިބުމަކީ "ޓްވިޓްސާފު" ގެ އެދުމެކެވެ.

އައްޑޫގައި ބޭއްވުމަށް ހަމަޖެހިފައިވަ ސާފުކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 29 ޖޫން ވާ ހޮނިހިރުދުވަހުއެވެ. މިހަރަކާތުގެ މެއިން ސްޕޮންސާރ އަކީ އުރީދޫ އެވެ. މީގެ އިތުރުން މޯލްޑިވިއަށް، ތިންކް މޯލްޑިވްސް އަދި ޔޫތު މިނިސްޓްރީވެސް މިޙަރަކާތުގެ ސްޕޮންސަރުން ތެރޭގައި ހިމެނެއެވެ.

ޓްވިސްޓްސާފުގެ މައިގަނޑު މަޤްސަދަކީ އާންމުންގެ ތެރޭގައި ސާފު ތާޙިރުކަމާއި، ތިމާވެއްޓަށްކުރާ ނޭދެވޭ އަސަރުތަކާމެދު އާންމުން ހޭލުންތެރިކުރުވުން ކަމަށްވާއިރު އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ވަރަށް ގިނަ ޖަމްޢިއްޔާ ޖަމާއަތްތަކުން މިޙަރަކާތަށް ވަރަށް ބޮޑަށް އެއްބާރުން ދެމުން އަންނަކަމަށްވެސް މިކަން އިންތިޒާމުކުރާ ފަރާތުން މަޢުލޫމާތު ދީފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ