މުދަައްރިސުންގެ ދުވަހުގެ ތަހުނިޔާ ރައީސް، ނައިބު ރައީސް، ފަސްޓްލޭޑީ އަދި ތަޢުލީމީ ވަޒީރު ފޮނުއްވައިިފި

ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު، ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފް، ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު އަދި ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ތަހުނިޔާގެ މެސެޖު ފޮނުއްވާފައެވެ.

ރައީސް މުޢިއްޒު ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވަނީ މުދައްރިސުންގެ ބުރަ މަސައްކަތަކީ ދުނިޔެއާއި އާޚިރަތުގެ މަންފާ އެކުލެވޭ، މާއްދީ އެއްވެސް އެއްޗަކުން އަގު ނުކުރެވޭނެ، ޤަދަރުވެރި އަދި ފަޚުރުވެރި ޚިދުމަތެއް ކަމަށެވެ. އަދި "ދިވެހީން އެދޭފަދަ ހަރުދަނާ ޖީލެއްގެ ގޮތުގައި ކުދީން ތަރުބިއްޔަތުވާނީ މުދައްރިސުން މިއަދު ދޭ އިރުޝާދާއި ތަޢުލީމާއި އޯގާތެރިކަމުން" ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެފައިވަނީ މުދައްރިސުންނަކީ ޤައުމުގެ މުސްތަޤްބަލު ބިނާކުރުމުގެ އެންމެ އިސް މޭސްތިރިން ކަމަށާއި، ޤައުމުގެ ފަޚުރާއި ކަރާމާތް އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދޭ އެންމެ އިސް މަސްއޫލުވެރިން ކަމަށެވެ.

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ދެއްވި ވީޑިއޯ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިޢާރަކީ "ރީކާސްޓިންގ ޓީޗިންގ އޭޒް އަ ކޮލަބޮރޭޓިވް ޕްރޮފެޝަން" އެވެ. އަދި މުދައްރިސުންނަކީ އެއްވެސް ޤައުމެއްގައި އެބޭފުޅުންނަށްވުރެ އަބުރުވެރި، ޝަރަފުވެރި އަދި ޢިއްޒަތްތެރި ބަޔަކު ނުތިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފް ވެސް ވަނީ މުދައްރިސުން ކުރައްވާ ބުރަ މިންނެތް މަސައްކަތާއި، ޤައުމަށްޓަކައި ވެވަޑައިގަންނަވާ ޤުރުބާނީއަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ