ޓްއަރިޒަމް މިނިސްޓަރ އަލީ ވަޙީދު - ފޮޓޯ: ޕީ.އެސް.އެމް

އިސްވެސްޓަރުންނަށް ސަރުކާރުން ގެއްލުމެއް ނޫދޭނެ - ޓްއަރިޒަމް މިނިސްޓަރ

ޤާނޫނީގޮތުން ހެދިފައި ހުންނަ އެއްބަސްވުންތަކަށް ސަރުކާރުން ފުރިހަމައަށް އިޚްތިރާމް ކުރައްވާނެ ކަމަށާއި އަދި އެއްވެސް އިންވެސްޓަރަކަށް ގެއްލުންވާނޭފަދަ ގޮތަކަށް ސަރުކާރުން އަމަލުނުކުރާނޭކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރާއްޖޭގެ ބައެއް ރަށްރަށުގެ އެއްބަސްވުންތައް ބާތިލްކޮށް، ބައެއް ރަށްރަށުގެ މަސައްކަތްތައް މަޑުޖައްސާލަން އަންގަމުންދާ ދިއުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ ޤާނޫނީގޮތުން ހެދިފައި ހުންނަ އެއްބަސްވުންތަކަށް ސަރުކާރުން ފުރިހަމައަށް އިޚްތިރާމް ކުރާނޭކަމަށެވެ. އަދި މި ސަރުކާރުން އެއްވެސް މީހަކު މަގުމަތިކޮށްނުލާނެކަމަށެވެ.

ސަރުކާރުގެ ސިޔާސަތަކީ ތިމާވެއްޓަށް ގެއްލުންނުވާނެހެން ފަތުރުވެރިކަމަށް ރަށްރަށް ތަރައްޤީކުރުންކަމަށްވާއިރު، އެއާ ޚިލާފަށް އެއްވެސް ރަށެއް ތަރައްޤީކުރުމަށް ސަރުކާރުން ހުއްދައެއް ނުދޭނެކަމަށެވެ. ކުރީ ސަރުކާރުން އެފަދަ ގޮތަކަށް ތަނެއް ދޫކޮށްފައިވޭތޯ ބަލަމުންދާ ކަމަށާއި އެފަދަތަންތަން މިސަރުކާރުން ހުއްޓުވާނޭކަމަށެވެ. މިގޮތުން ބާޠިލްކުރަން ޖެހިއްޖެ އެއްބަސްވުމަކަށް ފައިސާ ދައްކަން ޖެހިއްޖެނަމަ، އެ ފައިސާއެއް ސަރުކާރުން ދައްކާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިހާތަނަށްއައިއިރު ގއ. އޮޑެގައްލާގައި ތަރައްޤީކުރުމަށް ހަދާފައިވާ އެއްބަސްވުން އުވާލުމަށް ސަރުކާރުން ނިންމާފައިވާއިރު، ބ. އިންނަފުށީގައި ރިސޯޓް ތަރައްޤީކުރުމުގެ މަސައްކަތް ތިމާވެއްޓަށް ގެއްލުންވާނެތީ މަޑުޖައްސާލުމަށް ސަރުކާރުން ވަނީ އަންގާފައެވެ.

މިރަށްތަކުގެ ތެރެއިން ގއ. އޮޑެގައްލާއަކީ ތިމާވެށީގެ ގޮތުން ޚާއްސަ ގިނަ ސިފަތަކެއް ލިބިފައިވާ ރަށެއްކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީން ވަނީ ބުނެފައެވެ. އަދި އެރަށަކީ ގިނަ އަދަދެއްގެ ދޫނި ބިސް އެޅުމަށާއި ނިދަންއަރާ ރަށަކަށްވާއިރު ވެލާ ބިސް އެޅުމަށްވެސް އެރަށަށް އަރާކަމަށް އީޕީއޭގެ ރިޕޯޓެއްގައިވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން އޮޑެގައްލާގެ ފަރަކީ ރައްޖޭގެ ބައެއް ރަށްތަކާއި ޚިލާފައި ގުދުތަރީ ބޮޑު މުއްސަނދިކަމެއް ލިބިފައިވާ ފަރެއް ކަމަށްވެސް ރިޕޯޓްގައި ބުނެފައިވެއެވެ. އަނެއްކޮޅުން ބ. އިންނަފުށްޓަކީ ބ.އަތޮޅުގެ ހިމާޔަތްކޮށްފައިވާ ބަޔޮސްފިޔަރ ރިޒާވް ސަރަޙައްދުގައި އޮންނަ ރަށެއްކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ