މިއަހަރުގެ މިހާތަނަށް މިލިއަނަކަށްވުނެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައި ވާކަމަށް ޓުވަރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު 2019 ވަނަ އަހަރުގެ އޮގަސްޓް 02 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފައެވެ.
2019 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް 994،733 ފަތުރުވެރިން ޒިޔާރާތް ކޮށްފައި ވާއިރު މިއީ، 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ޒިޔާރާތް ކޮށްފައިވާ ފަތުރުވެރިންނާއި އަޅާ ބަލާއިރު %17.2 ގެ ކުރިއެރުމެއް ކަމަށް އެ މިނިސްޓްރީގެ ތަފާސް ހިސާބުގައި ވެއެވެ.
އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ހުސްވި މަހު ރާއްޖެއަށް ވަނީ 132،144 ފަތުރުވެރިން ޒިޔާރާތް ކޮށްފައެވެ. މިއީ 2018 ވަނަ އަހަރުގެ ޖުލައި މަހާއި އަޅާ ބަލާއިރު %8 ގެ ކުރިއެރުމެކެވެ.
ހަމަ އެއާއި އެކު 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 994،733 ފަތުރުވެރިން ޒިޔާރާތް ކޮށްފައެވެ. މިއީ، 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ޒިޔާރާތް ކޮށްފައިވާ ފަތުރުވެރިންނާއި އަޅާ ބަލާއިރު %17.2 ގެ ކުރިއެރުމެއް ކަމަށް އެ މިނިސްޓްރީގެ ތަފާސް ހިސާބުގައި ވެއެވެ.
މިއަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތް ކޮށްފައިވަނީ ޔޫރަފްގެ ޤައުމުތަކުންނެވެ. އެގޮތުން %49 ފަތުރުވެރިން ޒިޔާރާތް ކޮށްފައިވަނީ ޔޫރަޕުންނެވެ. ޔޫރަޕުން ވަނީ 487،165 ފަތުރުވެރިން ޒިޔާރާތްކޮށްފައެވެ. އެއީ ފާއިތުވި އަހަރާ އަޅާ ބަލާއިރު %16 ގެ ކުރިއެރުމެކެވެ.
ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކޮށްފައިވަނީ އޭޝިއާ ޕެސިފިކް ބައްރުންނެވެ. 413،066 ފަރުތުވެރިން ހިއްސާ ކުރާއިރު އެއީ ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ %41.56 އެވެ. އެއީ %17.4 ގެ ކުރިއެރުމެކެވެ.
ފަތުރުވެރިން ރާއްޖެ ޒިޔާރާތް ކޮށްފައިވާ އެހެން ބައްރުތަކަށް ބަލާއިރު އެމެރިކާ އިން 49،821 ފަރުތުވެރިން ޒިޔާރާތްކޮށްފައިވެއެވެ. މެދުއިރުމަތިން 34،784 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު، އެފްރިކާއިން ވަނީ 9،730 ފަތުރުވެރިން ޒިޔާރާތްކޮށްފައެވެ.
އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައިވާ ޗައިނާ މާކެޓުންނެވެ. %17.4 ހިއްސާ ކުރަނީ ޗައިނާ މާކެޓެވެ. ޗައިނާ މާކެޓުން ވަނީ 172،834 ފަތުރުވެރިން ޒިޔާރާތް ކޮށްފައެވެ. އެއީ %7.6 ގެ ކުރިއެރުމެކެވެ.
ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތް ކޮށްފައިވަނީ އިންޑިއާ މާކެޓުންނެވެ. އެއީ 93،175 ފަތުރުވެރިންނެވެ. މިއީ %99.2 ގެ ކުރިއެރުމެކެވެ.
ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައިވާ އެހެން މާކެޓްތަކަށް ބަލާލާއިރު އިޓަލީން ވަނީ 80،713 ފަތުރުވެރިން ޒިޔާރާތްކޮށްފައެވެ. އިނގިރޭސިވިލާތުން 73،262 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު، ޖަރުމަނުވިލާތުން ވަނީ 71،479 ފަތުރުވެރިން ޒިޔާރާތްކޮށްފައެވެ.



