ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް | ފޮޓޯ: މިހާރު

އަދީބުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ސްޕްރީމް ކޯޓުން އަމުރު ކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ސްޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.

ސްޕްރީމް ކޯޓުން މި އަމުރު ނެރެފައިވަނީ ހިޔާނާތުގެ ކުށުގައި އަދީބުގެ މައްޗަށް އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލުކުރި މައްސަލަ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށް ވަގުތީ އަމުރަކަށް އެދިފައި ވާތީ އެވެ. 

ސްޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިވަނީ، މި މައްސަލައިގައި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅައި ނިމެންދެން ނުވަތަ ވަކިގޮތަކަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން އަންގަންދެން އަދީބުގެ ޕާސްޕޯޓް ހިފެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް އަންގައި އަމުރުކޮށްފިން ކަމަށެވެ.

އަދީބް މިވަގުތު ހުންނެވީ ހާއްސަ ހުއްދައެއްގެ ދަށުން، ބޭސްފަރުވާ އަށް އިންޑިއާގަ އެވެ. އަދީބު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ.

ޖަލު އޮފިސަރުންނާއި، ފުލުހުންނާއެކު އާއިލާގެ ބެލުމުގެ ދަށުގައި އަދީބުގެ ބޭސްފަރުވާގެ ކަންކަން ކުރުމަށް އިންޑިއާއަށް ފުރުވާލާފައިވަނީ 1 އަހަރު ދުވަހުގެ މުއްދަތަށް ދޫކޮށްފައިވާ ވަގުތީ ޓްރެވަލް ޑޮކިއުމެންޓެއްގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ