ރާއްޖޭގެ ޞިއްޙީ ދާއިރާގެ ތަރައްޤީއަށް މުހިންމު 30 މަޝްރޫޢެއް ކުރިއަށްގެންދިޔުމަށް އަމިއްލަ ކުންފުނިތަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި މަޝްރޫޢުތައް އަމިއްލަ ކުންފުނިތަކާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މިއީ ރާއްޖޭގެ ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ކުރިއަށްގެންދިޔަ ރަސްމިއްޔާތެކެވެ.
މި ރަސްމިއްޔާތުގައި، ޞިއްޙީ ވުޒާރާއާއި މި މަޝްރޫޢުތައް ހަވާލުކުރެވުނު އަމިއްލަ ކުންފުނިތަކުގެ އިސްވެރިން ވަނީ އެއްބަސްވުންތަކުގައި ސޮއިކުރައްވާފައެވެ. މި އެއްބަސްވުންތަކުގެ ދަށުން ޖުމްލަ 30 މަޝްރޫޢު ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މިއަދު ސޮއިކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި ޞިއްޙީ މަރުކަޒުތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކާއި، އާ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތައް އިމާރާތް ކުރުމުގެ މަސައްކަތްތައް ހިމެނެއެވެ. މި މަޝްރޫޢުތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޞިއްޙީ ޚިދުމަތްތައް ފުޅާކޮށް، ފެންވަރު ރަނގަޅު ކުރުމަށް މުހިންމު މަޝްރޫޢުތަކެކެވެ.
މިއަދު ސޮއިކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ:-
* ލ. މާވަށު ޞިއްޙީ މަރުކަޒު އަޕްގްރޭޑް ކުރަން އޮކްޓިމާ ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް
* ގއ. ކޮލަމާފުށި ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރަން އޮކްޓިމާ ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް
* ގއ. ނިލަންދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑް ކުރަން އޮކްޓިމާ ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް ކުރުމުގެ މަސައްކަތް
* ގއ. ދެއްވަދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރަން އޮކްޓިމާ ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް
* ގއ. ނިލަންދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރަން އޮކްޓިމާ ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް
* ލ. އިސްދޫ ކަލައިދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅަން ފެޑޯ ޕްރައިވެޓް ލިމިޓެޑަށް
* ހދ. ހަނިމާދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރަން އެލްއެމްއޭ އިންވެސްޓްމެންޓަށް
* ހދ. މަކުނުދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރަން އެލްއެމްއޭ އިންވެސްޓްމެންޓަށް
* ހދ. ވައިކަރަދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރަން އެލްއެމްއޭ އިންވެސްޓްމެންޓަށް
* ގދ. މަޑަވެލި ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރަން ސަމާލު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް
* ގއ. މާމެންދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރަން ސަމާލު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް
* ށ. ފޭދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރަން ޕާފެކްޓް މަލަފެހި ޕްރައިވެޓް ލިމިޓެޑަށް
* ށ. ބިލެއްފަހި ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރަން ޕާފެކްޓް މަލަފެހި ޕްރައިވެޓް ލިމިޓެޑަށް
* ފ. މަނގޫދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރަން އިކޯސިސް ޕްރައިވެޓް ލިމިޓެޑަށް
* ދ. މާއެނބޫދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރަން އިކޯސިސް ޕްރައިވެޓް ލިމިޓެޑަށް
* ނ. ޅޮހީގެ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރަން ވަލީދު ކޮންސްޓްރަކްޝަނަށް
* ބ. ކެންދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރަން އެސެޓް އެންޑް ޕްރައިވެޓް ލިމިޓެޑަށް
* އއ. މާޅޮހު ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރަން އެސެޓް އެންޑް ޕްރައިވެޓް ލިމިޓެޑަށް
* ބ. ކަމަދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރަން ނެކްސްޓޭ ޕްރައިވެޓް ލިމިޓެޑަށް
* ގއ. ކަނޑުހުޅުދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރަން ނެކްސްޓޭ ޕްރައިވެޓް ލިމިޓެޑަށް
* މ. ދިއްގަރު ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރަން ނިއުހިޔާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
* ގދ. ވާދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރަން މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް
* ރ. ރަސްގަތީމު ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރަން ސައުސަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް
* ޅ. އޮޅުވެލިފުށި ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރަން ސައުސަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް
* ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ރީ-ޑެވެލޮޕް ކުރަން އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
* ދ. މީދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރަން ސެވެން ވީކްސް ޕްރައިވެޓް ލިމިޓެޑަށް
* ނ. ހޮޅުދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރަން ސެވެން ވީކްސް ޕްރައިވެޓް ލިމިޓެޑަށް
* ގއ. ގެމަނަފުށި ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރަން އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
* ގދ. ރަތަފަންދޫގައި ޞިއްޙީ މަރުކަޒު އިމާރާތްކުރަން ހައިޑްސް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑަށް
* ބ. ކިހާދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރަން ހައިޑްސް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑަށް
* މ. ވޭވަށު ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރަން ހައިޑްސް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑަށް
މި މަޝްރޫޢުތަކުގައި ސޮއިކޮށްފައިވަނީ ޖުމްލަ 4 ބެޗަކަށް ބަހާލައިގެންނެވެ.
ޞިއްޙީ ވުޒާރާގެ އިސްވެރިން ވިދާޅުވީ، ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުމާއެކު މި މަޝްރޫޢުތައް ހަލުވިކަމާއެކު ނިންމާލެވޭނެ ކަމަށާއި، މިއީ ރާއްޖޭގެ ޞިއްޙީ ނިޒާމަށް އަންނާނެ ބޮޑު ކުރިއެރުމެއް ކަމަށެވެ. މި މަޝްރޫޢުތައް ނިމުމުން ރައްޔިތުންނަށް ލިބޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.



