ސަރުކާރުގެ ބައްދަލުވުމެއްގައި އަދާލަތު އަދި އެމްޑީޕީގެ ރައީސް - ފޮޓޯ: މިހާރު

މުސްތަޤިއްލުކަމާއެކު އިސްލާމިކް ޔުނިވާރސިޓީ ދެމިއޮންނަންޖެހޭ - އަދާލަތު

މުސްތަޤިއްލުކަމާއެކު އިސްލާމިކް ޔުނިވަރސިޓީ ދެމިއޮންނަންޖެހޭ ކަމަށް އަދާލަތު ޕާޓީ އިން ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީ އިން މިހެން ވިދާޅުވެފައި މިވަނީ މިރޭ އެ ޕާޓީ އިން ކުރެއްވި ޓްވީޓެއް ގައެވެ.

އިސްލާމްދީނާއި ގުޅޭ އިލްމީ ދިރާސާތައްކޮށް، ދީނުގެ އިލްމު ފެތުރުމަށް އިސްލާމިކް ޔުނިވާރސިޓީ މުސްތަޤިއްލު ޔުނިވާރސިޓީ އެއްގެ ގޮތުގައި ދެމިއޮތުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށް އަދާލަތު ޕާޓީގެ ޓްވީޓްގައި ވެއެވެ.

މި ދެ ޔުނިވާސިޓީގެ ބަހުސް ފެންމަތިވެފައިމިވަނީ މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ބަހުސުގައި ގައުމީ ޔުނިވަސިޓީގެ ދަށަށް އިސްލާމިކް ޔުނިވަސިޓީގެ މެންޑޭޓް ބަދަލުކޮށް، ދެ ޔުނިވަސިޓީ އެއްކޮށްލައިގެން ހިންގުމަށް ރައްޔިތުންގެ މަޖިލިހުގެ ގިނަ މެމްބަރުން މިއަދު ގޮވާލެއްވުމާއި ގުޅިގެންނެވެ.

ސަރުކާރުގެ ފަރާތުން އައިޔޫއެމްގެ ގާނޫނަށް އިސްލާހުތައް ހުށަހެޅީ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދުއެވެ.

ހުށައެޅި އިސްލާޙްތަކުގެ ތެރޭގައި ޑެޕިއުޓީ ވައިސް ޗާންސެލަރު އައްޔަންކޮށް ވަކިކުރާނީ ޔުނިވަސިޓީގެ މަޖިލިހުން ކަމަށާއި، އަދި ޑެޕިއުޓީ ޗާންސެލަރުގެ މަގާމުގެ ދައުރާއި މަސްއޫލިއްޔަތު ކަނޑައަޅާނީ ވެސް ޔުނިވަސިޓީގެ މަޖިލިހުން ކަމަށް ބުނެފައިވެއެވެ. މީގެއިތުރުން އައިޔޫއެމްގެ މަޖިލިސް އެކުލެވިގެންވާ އަދަދު 19 އަށް ބަދަލު ކުރުމަށް ވެސް ވަނީ ހުށަހަޅާފައެވެ.

ދެ ޔުނިވަސިޓީ އެއްކޮށްލުމާ ގުޅޭގޮތުން މެމްބަރުން ދެއްކެވި ވާހަކަތަކާ މެދު ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އިސްލާމިކް ޔުނިވަސިޓީގެ ފުރަތަމަ ޗާންސެލަރު މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ހުންނެވީ މިކަމާއި ދެކޮޅަށްކަންވަނީ ހާމަކުރައްވާފައެވެ.

އިސްލާމިކް މިނިސްޓަރު އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީ އާއި ގައުމީ ޔުނިވާސިޓީ ވަކިން ތަރައްޤީކުރަން ކުރެވެން އޮތް ހުރިހާކަމެއް މިސަރުކާރުން ކުރާނެކަމަށެވެ.

މިކަން ހާމަކުރައްވާ މިނިސްޓަރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީ އާއި ގައުމީ ޔުނިވާސިޓީ އަކީ ތަފާތު ދެ ފަލްސަފާއެއްގެ ދަށުން ހިންގާ މަތީ ތައުލީމު ދޭ މުހިއްމު ދެ މުއައްސަސާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ