މާފުށީ ޖަލު - ފޮޓޯ: މިހާރު

ޖަލުގައި ހިނގާދިޔަ ކަންތައްތަކުގެ މަޢުލޫމާތު ކެބިނެޓާއި ޙިއްސާކޮށްފި

މާފުށީ ޖަލުގައި ހިނގާދިޔަ ކަންތައްތަކުގެ މަޢުލޫމާތު މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ވަޒީރުންގެ މަޖްލީހާއި މިއަދު ޙިއްޞާކުރައްވައިފިއެވެ.

ހޯމް މިނިސްޓަރ މި މަޢުލޫމާތު ޙިއްޞާކުރައްވާފައި ވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖްލީހުގެ ޖަލްސާގައެވެ.

ޖޫން 20 ވަނަ ދުވަހު މާފުށީ ޖަލުގައި، ގައިދީއަކު، ޖަލުބަލަހައްޓާ އޮފިޝަލަކަށް ހަމަލާދިނުމާއި ގުޅިގެން ވަނީ ހަމަނުޖެހުންތަކެއް ހިންގައިފައެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގައި އީ.އެސް.ޖީ ގުރޫޕުން ވަނީ ހާލަތާއި ނުގުޅޭ ބާރުގެ ބޭނުންކުރުމުގެ ސަބަބުން ބައެއް ގައިދީންނަށް އެކިވަރުގެ އަނިޔާވެފައެވެ. މި މައްސަލަ ބަލާ ނިމެންދެން އީ.އެސް.ޖީ ގުރޫޕްގެ ކޮމާންޑަރ ވަނީ ސަސްޕެންޑް ކޮށްފައެވެ.

ތޫނުކޮށްފައި އޮތް ތިން ފޫޓް ހުންނަވަރުގެ ދަގަނޑު ބުރިއަކުން އޮފިސަރުންނަށް ބިރުދައްކާފައި އޮތުމުން އެ ދަގަނޑުބުރި އެ ޔުނިޓުން ނެރެ ނުދެނީސް ޑިއުޓީއާ ހަވާލުވާން އިންކާރުކުރީ ޖަލުބަލަހައްޓާ އޮފިޝަލުން ވަނީ އިހުތިޖާޖުވެސް ކޮށްފައެވެ. އެއާއިއެކު ޖަލުބަލާ ފާސްކޮށް ގޮޅިތަކުން ވަނީ ތޫނިހަތިޔާރު ހޯދާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެދަށަށް ގެންގޮސްފައެވެ.

ޖަލުގައި ގައިދީންވެސް ވަނީ އިހުތިޖާޖުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ