އެސްޓީއޯ ވެއާހައުސް ސޭލް އަންނަ މަހު ބާއްވަނީ

ބޮޑެތި ޑިސްކައުންޓް ތަކާއިއެކު އެސްޓީއޯއިން ކޮންމެ އަހަރަކު ބާއްވާ ވެއާހައުސް ސޭލް އަންނަ މަހުގެ 2-7 އަށް ބާއްވަން ނިންމައިފި އެވެ.

އެހެން އަހަރުތަކޭ އެއްފަދައިން މި އަހަރުގެ ސޭލް ވެސް ބާއްވަނީ އަމީނީމަގުގައި ހުންނަ އެ ކުންފުނީގެ ސުޕަމާޓް ގުދަނުގަ އެވެ.

ކޮންމެ ރެއެއްގެ 8:00 އިން 11:00 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވީ ނަމަވެސް ހުކުރު ހޮނިހިރު ދެ ދުވަހު ހަވީރު 4:00 އިން 6:00 އަށް މި ސޭލް ކުރިއަށް ދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ މި އަހަރުގެ ސޭލްގައިވެސް ބޮޑެތި ޑިސްކައުންޓްތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި، ސޭލް ކުރިއަށްދާއިރު އެތަނަށް ޒިޔާރަތް ކުރާ ކޮންމެ މީހަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ. އަދި ކޮންމެ ރެއަކު ނަސީބުވެރިން ހޮވާ ހާއްސަ އިނާމްތަކެއް ލިބޭނެ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.

މިއަހަރުގެ ސޭލުގައިވެސް ތަފާތު ގިނަ އައިޓްމްތައް ވަރަށް އަގުހެޔޮކޮށް ލިބެން ހުންނާނެ ކަމަށާއި، އޭގެ ތެރޭގައި ފިލިޕްސް، ހިޓާޗީ، ނިޕޯން، މަކިޓާ އަދި ސުޕަރމާޓްއިން ވިއްކާ ގޭތެރޭގެ ސާމާނު އަދި ބަދިގެއަށް ބޭނުން ވާ ތަކެތިވެސް ހިމެނޭ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ