މިފްކޯއިން މެލޭޝިއަން އިންޓަނޭޝަނަލް ފުޑް އެންޑް ޓްރޭޑް ފެއަރގައި ބައިވެރިވެއްޖެ

ދިވެހި މަހުގެ އުފެއްދުންތަށް އިޝްތިހާރުކޮށް އިތުރު މާކެޓްތައް ހޯދުމަށް މެލޭޝިއާގައި މިހާރު ކުރިއަށްދާ މެލޭޝިއަން އިންޓަނޭޝަނަލް ފުޑް އެންޑް ޓްރޭޑް ފެއަރގައި މިފްކޯ ބައިވެރިވެއްޖެ އެވެ.

މެލޭޝިއާގެ ކުއަލަ ލަމްޕޫރުގައި މިއަދު ފެށުނު މިފެއާ ކުރިއަށް އޮތް ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

މެލޭޝިއާގެ ކުއަލަ ލަމްޕޫރުގެ ކޮންވެންޝަން ސެންޓަރގައި ކުރިއަށްދާ މިފެއާރގައި ރާއްޖޭގެ މަހުގެ ބާވައްތައް ލިބެން ހުންނާނެކަމަށް މިފްކޯއިން ބުނެއެވެ.

މެލޭޝިއަން އިންޓަނޭޝަނަލް ފުޑް އެންޑް ޓްރޭޑް ފެއަރ އަކީ މެލޭޝިއާގައި ބޭއްވޭ އެންމެ ބޮޑު އެއް ފެއާރ އެވެ.

މިފްކޯއިން ދަނީ އެކުންފުނީގެ އެފެއްދުންތަކަށް އާ މާކެޓްތައް ހޯދައި މަހުގެ ވިޔަފާރި އިތުރަށް ފުޅާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށްވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ބާއްވާ މަހުގެ އުފެއްދުންތަކާއި ގުޅޭ އެކްސްޕޯތަކުގައި މިފްކޯއިން ވަނީ ބައިވެރިވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ