އެމްޑީޕީ މީސްމީޑިއާ އެކްޓިސިންޓް، މަޝްހޫރު ވާހަކަދެއްކުންތެރިޔާ މުޙައްމަދު އިބްރާހީމް އަސްޢަދުއަށް ރައީސުލްޖުމްހޫރިއްޔާ ސިޔާސީ މަޤާމެއް ދެއްވައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަސްޢަދު އައްޔަނުކޮށްފައިވަނީ ޕްލޭނިންގ މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމަށެވެ.
ޕްލޭނިންގ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމަށް އައްޔަން ކުރެއްވުމަށްފަހު އަސްޢަދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ، ސަރުކާރުގެ ސިޔާސަތު އަކުރުން އަކުރަށް، ރަނުން ރަނަށް ފުރިހަމަކޮށް، ވާޖިބު އަދާކުރެއްވުމުގައި ދެމިހުންނާނެކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.
ސަރުކާރުގެ ސިޔާސަތު އަކުރުން އަކުރަށް، ރަނުން ރަނަށް ފުރިހަމަކޮށް، ވާޖިބު އަދާކުރެއްވުމުށްޓަކައި ދަޢުވަތުދީ @PlanningMV ގެ Senior Executive Director މަގާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރަށްވާނެކަމުގެ ޔަގީންކަން އަރުވަން.
— ? އަސްޢަދު (@asadhaddu) June 26, 2019
ޝުކުރިއްޔާ ރައީސް @ibusolih
??
އަސްޢަދަކީ ޤާނޫނީ އަދި ހޮސްޕިޓާލިޓީ ދާއިރާއިން ޑިޕްލޮމާ ހާސިލްކުރައްވާފައިވާ، މަސައްކަތްތެރިކަމުގެ ދާއިރާގައި ތަޖުރިބާ ލިބިފައިވާ ހުނަރުވެރި ޒުވާނެކެވެ. އެގޮތުން އެލްމިނިއަމް ސްޓްރަކްޗަރގެ ދާއިރާގައި އަސޢަދު ވަނީ 8 އަހަރު މަސައްކަތް ކުރައްވާފައެވެ.
މިއަދަކީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ސިޔާސީ ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް 14 އަހަރު ފުރުނު މުނާސަބަތެވެ.