ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު - ފޮޓޯ: ސަން

ބާ ކައުންސިލުގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެކައުންސިލުން މިއަދުކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައިވަނީ ޤާނޫނު ނަންބަރު 5/2019 (ޤާނޫނީ ފަންނުގެ ޤާނޫނު) އިން އުފައްދާފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި ޢާންމުކޮށް އިޢުލާންކުރާކަމަށެވެ.

އެގޮތުން އެކައުންސިލުން އިޢުލާންކޮށްފައިވާ ވަޒީފާތަކަކަކީ، އެގްޒެކެޓިވް ޑިރެކްޓަރ ފައިނޭންޝަލް އެފެއާޒް، ކައުންސެލް، އެސޯސިއޭޓް ކައުންސެލް، ސީނިއަރ ފައިނޭންސް އޮފިސަރ، މެމްބަރ ރިލޭޝަން އެގްޒެކެޓިވް، ސީނިއަރ ޕްރޮގްރާމް އެސޯސިއޭޓް އަދި ޕްރޮގްރާމް ސެކްރެޓަރީގެ އިތުރުން ޕްރޮކިއުމެންޓް އޮފިސަރއެވެ.

އެގޮތުން ބާ ކައުންސިލްގެ ވަޒީފާއަށްއެދި ކުރިމަތިލާތް ފަރާތްތަކުން މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ބާ ކައުންސިލުގެ އީމެއިލް އެޑްރެސް ( [email protected] ) މެދުވެރިކޮށް 16 މާރޗް 2020 ގެ 14:00 ގެ ކުރިން ހުށަހެޅުމަށްވެސް އެކައުންސިލުން އެދިފައިވެއެވެ.

އަދި އީމެއިލްކުރާއިރު، ހުރިހާ ޑޮކިއުމެންޓެއް އެއް އީމެއިލްއެއްގައި އެޓޭޗްކޮށްފައި ބެހެއްޓުމަށްވެސް އެދިފައިވެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ކަނޑައެޅުމުގައި ބެލޭނެ ކަންކަންކަމުގެ ތެރޭގައި މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލްކަން ހުރި މިންވަރު ވަޒަންކުރުމުގައި ދާއިރާގެ ތަޖުރިބާ ލިބިފައިވާ މިންވަރަށާއި، މަސައްކަތުގެ ފެންވަރަށާއި، އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށް އިސްކަންދެވޭނެކަމަށްވެސް ބާ ކައުންސިލުން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ