މާތް ﷲ ގަންދީ ހުވާކޮށްގެން މަޤާމާއި ހަވާލުވެ، ދެން އިސްލާމް ދީން ކަނޑައެޅިގެން މަނާކުރާ ނަޖިސް މުޑުދާރު ކަންކަން ރާއްޖެއަށް ތަޢާރަފްކޮށް ގެނެސްގަންނަން އެއްވެސް މެންބަރަކު އުޅުމީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމުގައި ޝައިޙް ޢަލީ ޒައިދް ވިދާޅުވެއްޖެ އެވެ.
ޒައިދު މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓްއެއްގައެވެ. ޒައިދުގެ މިޓްވީޓްގައި މެންބަރުން ޚާއްސަ ކުރައްވާފައިވާއިރު ރާއްޖޭގައި ކެސީނޯ ހިންގުމުގެ ހުއްދަ ދިނުމަށް ސަރުކާރަށް ގޮވާލުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅުމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ތައްޔާރުވެފައިވާކަމަށް ދެކެވޭ ވާހަކަ ތަކެއް މީޑިއާތަކުގައި ދަނީ ދައުރުވަމުންނެވެ.
މީގެ އިތުރުން އިސްލާމީ ޤައުމެއްކަން ދައްކަން ރާއްޖޭގައި އިސްލާމީ ޔުނިވާސިޓީގެ ނަމުގައި ތަނެއް ބެހެއްޓުމަކީ ކޮންމެހެން މުހިންމުކަމެއް ނޫން ކަން ދޭހަވާ ގޮތަކަށް ދާދިފަހުން ބައެއްމެންބަރުން ވަނީ މަޖިލީހުގައި ވާހަކަ ފުޅުވެސް ދައްވަފައިއެވެ.
މިދަފަ ގޮތަކަށް އަމަލުކުރާ މީހުން މާތްﷲ އަށް ބިރުވެތި ވުމަށް ދަންނަވާ ކަމުގައި ވެސް ޝެއިޙްގެ ޓްވީޓް ގައި ވެއެވެ.
Maai Allah gandhee huvaa kohgen magaamaa havaal ve, dhen Islam deen kandaelhigen manaa kuraa najis mududhaaru kankan raajje ah tha'aaraf koh genes ganann ehves memberaku ulhumee gabool kureveyne kameh noon! Mifada gothakah amal kuraa meehun maai Allah ah biruvethivumah dannavan.
— Ali Zaid (@alizaid1000) June 27, 2019



