އިތުރު 14 ރަށެއްގެ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރަން ކަނޑައަޅާފައިވާ ކަމަށް ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވަނީ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމަށް މިއަހަރަށް ކަނޑައަޅާފައިވާ އިތުރު 14 ރަށް، ވަރަށް އަވަހަށް ޓެންޑާ ބޯޑަށް ފޮނުވޭނެ ކަމަށެވެ.
Futuboalha dhandu tharahgee kurumah miaharah kanda’alhaafaivaa ithuru 14 rah. Iraadhakureviyya varah avahah tender board ah fonuveyne.
— Ahmed Mahloof (@AhmedMahloof) June 27, 2019
Milandhoo
Maakurathu
Velidhoo
Thimarafushi
Ihavandhoo
Hanimaadhoo
Kudahuvadhoo
Maafushi
Kudafari
Funadhoo
Nolhivaram
Foakaidhoo
Rasdhoo
Dhiggaru
ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ އިތުރު 14 ރަށަކީ މިލަންދު، މާކުރަތު، ވެލިދޫ، ތިމަރަފުށި، އިހަވަންދޫ، ހަނިމާދޫ، ކުޑަހުވަދޫ، މާފުށި، ކުޑަފަރި، ފުނަދޫ، ނޮޅިވަރަމް، ފޯކައިދޫ، ރަސްދޫ އަދި ދިއްގަރެވެ.
މީގެ ކުރިން ޔޫތް މިނިސްޓްރީން ވަނީ 13 ރަށެއްގެ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމަށް ޓެންޑަރ ބޯޑަށް ފޮނުވައިފިއެވެ.
މީގެ އިތުރުން 10 ރަށެއްގައި ފީފާ ފެންވަރުގެ ޓަރފް ދަނޑު އެޅުމަށްވެސް މީގެ ކުރިން މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ.
އަދި ރަށްރަށުގައި އަޅާފައި ހުރި ދަނޑުތަށް އިތުރަށް ތަރައްގީކޮށް، މަރާމާތު ކުރުމަށް ނިންމާފައިވާކަމަށް މިނިސްޓަރ މަހުލޫފް ވަނީ ވިދާޅުވެފައެވެ.




