"އެވެންޖާސް: އެންޑްގޭމް" ގެ ބެލި ފަރާތްތަކަށް މިއީ ހަމަގައިމުވެސް އާ މޫނަކަށް ނުވާނެއެވެ. އަދި ފިލްމްގައި ގިނަ ބަޔެއްގެ ފޭވަރިޓްއަކަށްވެސް ވެފައިވަނީ، "އަޔަން މޭން (ޓޯނީ ސްޓާކް)" ގެ ދަރިފުޅު، "މޯގަން ސްޓާކް"ގެ ރޯލުން ފެނިގެންދިޔަ 7 އަހަރުގެ އަކްޓަރު "ލެކްޒީ ރޭބް"އެވެ.
ލެކްޒީ އަށް މި ރޯލު ކުޅެގެން ގިނަ ބަޔެއްގެ ލޯބި ލިބިފައިވާއިރު، ވަރަށް ފަހުން އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ހިއްސާ ކޮށްފައިވާ ވީޑިއޯއެއްގައި، ލެކްޒީ އަށް އަދި ލެކްޒީގެ އާއިލާއަށް ބުލީކޮށް ދިމާނުކުރުމަށް ފޭނުންގެ ކިބައިން އެދެފިއެވެ.
މި ވީޑިއޯ އާއި ގުޅިގެން ލެކްސީގެ މަންމަ "ޖެސިކާ" ވެސް ޕޯސްޓެއް ކޮށްފައިވާއިރު، އޭނާ ބުނެފައިވަނީ، އޭނަގެ ދަރިފުޅު ލެކްޒީއަށް ބުލީކުރުމާއި ކުރިމަތިވާ ކަމަށާއި، ގިން މަޝްހޫރު ފަންނާނުން މީހުންގެ ތެރެއަށް ނުކުންނަން ބޭނުންނުވާ ސަބަބަކީ މިއީ ކަމަށެވެ.
އެމީހުންނަކީވެސް އެހެންމީހުންނެކޭ އެއްގޮތަށް އާދައިގެ ދިރިއުޅުމެއް އުޅޭ ބައެއްކަމަށާއި ބޭރުތެރޭގައި އުޅޭއިރު އެންމެ ފުރިހަމަކޮށް ނުފެނިދާނެކަމަށްވެސް އެ ޕޯސްޓްގައި ޖެސިކާ ފާހަގަކޮށްފައިވެއެވެ.
މިއީ ލެކްޒީ އަށް ބުލީކުރި ފުރަތަމަ ފަހަރުނޫންކަން ޖެސިކާ ގެ ވާހަކައިން އެނގޭއިރު، އިތުރުން ޖެސިކާ ފާހަކުރިގޮތުގައި، އޭނަގެ ދަރިފުޅު ލެކްސީއަކީ އަދި ކުޑަކުއްޖެއްކަމުން ފޭނުންނާއެކު ފޮޓޯ ނެގުމާއި އޮޓޯގްރާފް ދިނުންފަދަ ކަންކަންކުރުމަށް އޭނަ ޝައުގުވެރިކަން ނުހުރެދާނެއެވެ.
View this post on InstagramA post shared by Lexi Rabe (@lexi_rabe) on
ލެކްޒީ މީސްމީޑިއާގައި ހިއްސާކޮށްފައިވާ މި ވީޑިއޯގައި ބުނެފައިވަނީ، އޭނާއަކީ އަދި އެންމެ 7 އަހަރުގެ ކުއްޖެއްކަމަށާއި، ތަންތަނަށް ދާއިރު ކުޑަކުދިން އުޅޭ ގޮތަށް އުޅެވިދާނެކަމަށެވެ. ނަމަވެސް އަކަމުގެ ސަބަބުން އޭނަގެ އާއިލާއަށް އަދި އޭނައަށް ބުލީ ނުކުރުމަށް އެދިފައިވެއެވެ.
އަދި ވީޑިއޯ ނިއްމާލަމުން ފޭނުންނާއި ދިމާލަށް " އައި ލަވް ޔޫ 3000" މިހެން ލެކްޒީ ބުނެފައިވެއެވެ. މިއީ "އެވެންޖާސް: އެންޑްގޭމް" ގައި ޓޯނީ ސްޓާކް ގެ ދަރިފުޅުގެ ކެރެކްޓަރ ކުޅެދިން ލެކްޒީ، ޓޯނީ އާއި ދިމާލަށް ބުނާ ބަސްކޮޅެކެވެ.




