ބުލީގެ ޝިކާރައަކަށްވި ސާދިއާ، އެހާރާއި މިހާރުގެ ފޮޓޯއެއް

ފަލަވެ ބުލީގެ ޝިކާރައަކަށް ވިނަމަވެސް ސާދިއާ ދެއްކީ ރީތި ނަމޫނާއެއް!

މީހުންނާ ދިމާކޮށް ބުލީ ކުރުމަކީ މިހާރު މުޖުތަމައުގައި ވަރަށް އާންމުކަމެކެވެ. މަލާމާތުގެ ބަސްތަށް ރައްދުވާ ފަރާތުން އެއްޗެއް ނުބުނި ކަމުގައި ވިޔަސް ހިތަށް އެރިހާއެއްޗެއް ކިޔާާ ބުލީ ކުރުމަކީ ސަޅި ކަމެއް ނޫނެވެ.

މިއީ އެންމެ ކުޑައިރުން ފެށިގެން ބުލީގެ ޝިކާރައަކަށްވި ސާދިއާ ނަމަކަށް ކިޔާ ހިތްވަރުގަދަ އަންހެން ކުއްޖެއްގެ ވާހަކައެވެ. ކުޑަ ކުޑަ އިރުން ފެށިގެން ބުލީގެ ޝިކާރައަކަށް ވީ އޭނާ ހުންނަލެއް ފަލަ ވުމުގެ ސަބަބުންނެވެ. އެހެން ނަމަވެސް ސާދިއާ މީހުން ދައްކާ އެއްވެސް ވާހަކައަކަށް ފަރުވާލެއް ނެތި ދިރިއުޅުމައިގެން ކުރިއަށް ދިޔައީ ވަރަށް އުފަލުންނެވެ. މި ކަމުގާ ސާދިއާއަށް ފަރުވާލެއް ނެތްނަމަވެސް އޭނާ ހުންނަގޮތަށް ޖޯކު ޖަހާ އެކި ގޮތްގޮތަށް ތަކުރާރުކޮށް މިހުން އައީ މަލާމާތް ކުރަމުންނެވެ.

ސާދިއާ އަބަދުވސް ބުނަމުން އައީ އޭނާގެ ހަށިގަނޑު ހުންނަގޮތާމެދު ހިތްހަމަ ޖެހޭ ކަމަށާއި ހަށިގަނޑަށް އިތުރު ބަދަލެއް ގެންނަށް ވިސްނާފައިި ނުވާ ކަމަށެވެ. އެހެން ނަމަވެސް އޭނާގެ ރައްޓެހިންގެ ކިބައިން ފެނުނު  ހައިރާން ވާފަދަ ބަދަލެއްގެ ސަބަބުން ސާދިއާ ގެ ހިތުގައި ލައިފްސްޓައިލަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނައުމަށް ޝައުގުވެރިކަން އުފެދުނެވެ. ނަމަވެސް މިއީ އޭނާ އަށް ކުރިމަތިވަމުން އަންނަ ބުލީ ގެ ސަބަބުން ގެންނަ ބަދަލެއް ނޫންކަމަށް ތަކުރާތުކޮށް ސާދިއާ ބުނެފައިވެއެވެ. ކުރިން ބުނިހެން ސާދިއާ އަކީ އެއްވެސް ވަރަކަށް މީހުން ދައްކާ ވާހަކައަކަށް އަޅަލާ ކުއްޖެއް ނޫނެވެ. މީހުން ގެ ނަފުރަތާ މަލާމާތުގެ ބަސްތަކަށް ސާދިއާ ދެނީ ބީރު ކަންފަތެވެ.

ލައިފްްސްޓައިލަށް ބަދަލުތަކެއް ގެނެސް 3 މަސް ދުވަސްތެރޭގައި ސާދިއާ ވަނީ އެކްސެލް ސައިޒުން މީޑިއަމް ސައިޒަށް ހަށިގަނޑު ހިއްކާލާފައެވެ. މި ބަދަލު ގެނައުމަށް ނިންމި ހިސާބުން ސާދިއާ ހަށިގަނޑަށް ގެލުން ލިބޭ ކެއުން ތަކާ ވަނީ ދުރުވެފައެވެ. އެގޮތުން ސާދިއާ އެންމެ ގަޔާވާ ކާއެއްޗެހީގެ ތެރޭގައި ހިމެނޭ ކޭކު، ޗޮކްލެޓްގެ އިތުރުން ޖަންކް ފުޑްއެއްކޮން ހުއްޓާލިއެވެ. 3 މަސް ދުވަސް ތެރޭގައި ސާދިއާ ގެ ބަރުދަން ލުއިވެ ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ.

މީހުން ހައިރާންވާ ފަދަ ބަދަލެއް ގެނަ ނަމަވެސް ސާދިއާ އަށް ކުރަމުން އައި ބުލީއަކަށް ނިމުމެއް ނައެވެ. އަބަދުވެސް ކޮންމެވެސް އެއްޗެއް ކިޔައިގެން ބުލީ ކުރަމުން ދާ ކަމަށް ސާދިއާ ބުނަމުން ދެއެވެ. ސާދިއާ އިތުރަށް ބުނީ އަމިއްލަ ނަފުސަށް އިތުބާރުކޮށްގެން ކުރިއަށް ދާ އެންމެ ބޮޑު އެއް ސަބަބަކީ އެއީ ކަމަށެވެ. ސާދިއާ އަށް ނަފުރަތު ކުރާ މީހުންގެ ވިހަގަދަ ބަސްތަކުން އޭނާއަށް އެއްވެސް އަސަރެއް ނުކުރެއެވެ. މިއީ އޭނާ އަމިއްލަ ނަފްސު ދެކެ ލޯބިވާ ކަމުގ އެންމެ ބޮޑު އެއް ހެއްކެކެވެ.

ދިރިއުޅުމުގައި ކުރިއަށް ދެވޭނީ އަމިއްލަ ނަފްސަށް އިތުބާރުކޮށް މީހުން ދައްކާ ވާހަކައަށް ބީރު ކަންފަތް ދީގެންކަން ސާދިއާ މިވަނީ ސާބިތުކޮށްދީފައެވެ.

މިލިޔުން ކިޔާލުމުން
82022
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ