ފްލެޓްތަކުގެ ފެންވަރު ވަރަށްދަށް، އަމިއްލަ ރައްކާތެރިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ސަރުކާރުގެ ހައުސިންގ އިނީޝިއޭޓިވްގެ ދަށުން އިފްތިތާޙު ކުރެވުނު، މާލޭގެ ވޭސައިޑް އަދި ގާކޮށީގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން އަމިއްލަ ރައްކާތެރިކަމަށް ސަމާލުވުމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީން) އިލްތިމާސްކޮށްފި އެވެ.

އެޗްޑީސީން ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ މި ފުލެޓްތައް ހަވާލުކުރުމާއި ވިއްކުމުގެ ކަންތައްތައް 2016 ސެޕްޓެންބަރުގައި އެ ކޯޕަރޭޝަނާއި ހަވާލުކުރުމުން، އެ ކޯޕަރޭޝަންއިން ކުރިޔަށް ގެންދިޔަ އިންސްޕެކްޝަންގައި އިމާރާތުގެ އެކި މައްސަލަތައް ފާހަގަ ކުރެވި މައްސަލަތަކަށް ޙައްލު ގެނައުމަށް ވަނީ މަސައްކަތްތަކެއް ކުރައްވާފައި ކަމަށެވެ.

އެގޮތުން އާންމުންގެ ރައްކާތެރިކަމަށް މި އިމާރާތުގެ އެކި ޔުނިޓްތަކުގެ ބެލްކަނީ ރެއިލިންގ ބަދަލުކުރުމާއި، ކޮމަން އޭރިޔާގެ ރެއިލިންގތައް ބަދަލުކުރުމާއި، އަދި ފުލެޓްތަކަށް ވާރޭގެ އަސަރުފޯރާތީ ކޮމަން އޭރިޔާގައި އިތުރު ރެއިލިންގ ހަރުކުރުމުގެ މަސައްކަތްތަކެއްވެސް ވަނީ ކުރެވިފައިކަކަމަށެވެ.

މި ދިޔައަހަރު ފުލެޓް ލިބުނު ފަރާތްތަކާއި ފުލެޓްތައް ހަވާލުކުރުމަށް ފަހު ބައެއް ފުލެޓްތަކުގެ ބިއްލޫރި ތަކުގައި ރެނދުއަޅާ ތަޅައިގެންދާކަން އެ ކޯޕަރޭޝަންގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި، މި މައްސަލަ ތަކުރާރުވުމަށް ދިމާވާ ސަބަބުކަމުގައި އެ ކޯރަޕޭޝަނަށް ފާހަގަ ކުރެވިފައިވަނީ ބިއްލޫރިތަކަށް ހޫނުގަދަވުން ކަމުގައި ބަޔާނުގައިވެއެވެ.

މި ނޫސްބަޔާނުގައި އިތުރައް ވިދާޅުވެފައިވަނީ މި މައްސަލައަށް ހައްލެއްގެނެވެންދެން މި އިމާރާތުގައި ދިރިއުޅޭ އަދި އާންމު ރައްޔިތުންގެ ފަރާތުންވެސް އަމިއްލަ ރައްކާރެރިކަމަށް އަހައްމިއްޔަތުކަން ދިނުމަށާއި، އެފަދަ މައްސަލައެއް އުޅޭ ކަމަށް ގަބޫލުކުރެވޭނަމަ އެ ކޯޕަރޭޝަނަށް ރިޕޯޓްކޮށްދެއްވުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން މިކަމަކީ އާންމުރައްޔިތުންގެ ރައްކާތެރިކަމާއި ގުޅޭ ކަމަކަށް ވުމުން، ވީހާވެސް އަވަހަކަށް މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ޓަކައި ސަރުކާރާއި ކަމާބެހޭ ފަރާތްތަކާއިއެކު ދަނީ މަޝްވަރާކުރެވެމުން ކަމުގައި އެކޯޕަރޭޝަނުން ވިދާޅުވެއެވެ.

ދާދިފަހަކުންވެސް ވަނީ މި އިމާރާތުގެ ކޮޓަރިއެއްގެ ކުޑަދޮރެއްގެ ބިއްލޫރިގަނޑެއް ތަޅައިގެން ގޮސް ބިންމައްޗަށް ވެއްޓިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ