ގުޅީފަޅު ފްލެޓްގެ މައްސަލަ، "ކުރީ ސަރުކާރުން" މިކަންވެސް އޮތީކޮށް ނިންމާފައި: ޑރ މުއިއްޒު

ގުޅީފަޅުން ފުލެޓުގަތުމަށް ފައިސާ ދައްކަން ފަށާފައިވާ ފަރާތްތަށް އެހެން ތަނަކުން ފްލެޓް ދިނުމަށް މިސަރުކާރުން ނިންމައި، އެފަރާތްތަކަށް ދެ ގޮތެއް ހުށައަޅަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ނިންމައި އިއުލާނު ކުރުމުން އެކަމަށް ނިމިދަ ރައީސް އަބްދުﷲ ޔާމިން ސަރުކާރުގެ ހައުސިންގ މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ފާޑު ވިދާޅުވެއްޖެއެވެ،

ޑރ. މުއިއްޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން މިކަންވެސް އޮތީކޮށް ނިންމާފައި ކަމަށެވެ.

"ކުރީ ސަރުކާރުން" މިކަންވެސް އޮތީކޮށް ނިންމާފައި. މި ސަރުކާރުން ނިންމި ނިންމުމަކަށް ހަދަން މަސައްކަތް ކުރިޔަސް ހަގީގަތް ބަދަލެއް ނުވާނެ." ޑރ. މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭޝިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދު ނެރެފައިވާ އިޢުލާނެއްގައި ވިދާޅުވެފައި ވަނީ ގުޅީފަޅުން ފުލެޓުގަތުމަށް ފައިސާ ދައްކަންފަށާފައިވާ ފަރާތްތަކާއި، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ގާކޮށި އަދި ވޭސައިޑް އިން ފުލެޓަށް ދައްކަންޖެހޭ ފައިސާ ހަމަނުޖެހުނު ފަރާތްތަކަށް ފުލެޓު ދިނުމަށްޓަކައި އެފަރާތްތަކަށް ދެ ގޮތެއް ޚިޔާރު ކުރުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށެވެ.

އެގޮތުން އެމިނިސްޓްރީން އެފަރާތްތަކަށް ޚިޔާރު ކުރުމަށް ދީފައިވާ ދެ ގޮތަކީ ހިޔާ މަޝްރޫޢުގެ 6720 ފުލެޓުގެ ތެރެއިން 2 ކޮޓަރީގެ ފުލެޓެއް ހިޔާރުކުރުން ނުވަތަ ފަހިދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ޢިމާރާތްކުރާ 1700 ފުލެޓުގެ ތެރެއިން 3 ކޮޓަރީގެ ފުލެޓެއް ހިޔާރުކުރުމެވެ. މި ދެގޮތުން ކުރެ ކޮންމެ ގޮތެއް ޚިޔާރު ކުރުމުގެ ފުރުޞަތުވެސް އެފަރާތްތަކަށް ވަނީ ހުޅުވާލެވިފައެވެ.

ހައުސިން މިނިސްޓްރީން ވަނީ މިހާތަނަށް މި ދެ ގޮތުންކުރެ ގޮތެއް ހިޔާރުކުރުމުގެ ލިޔުމުގައި ސޮއި ނުކުރައްވާ ތިއްބެވި ފަރާތްތަކުން 27 އޮގަސްޓް 2020 ގެ 13:00 ގެ ކުރިން ބަންދުނޫން ކޮންމެދުވަހެއްގެ ހެދުނު 9:00 އިން 13:00 އަށް އެނިސްޓްރީއަށް ވަޑައިގެން އެ ލިޔުމުގައި ސޮއިކުރުމަށް ދަންނަވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ