24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ރާއްޖޭގެ ހުރިހާ ރަށްތަކަށް ވެސް އެބައޮތްކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށްް މައުލޫމާތު ދެއްވަމުން ރެޖިސްޓްރަރ އޮފް ކޮމްޕެނީސް، މަރިޔަމް ވިސާމް ވިދާޅުވީ، ބޮޑެތި ސިޓީތަކެކޭ އެއްގޮތަށް އާންމު ރަށްތަކުގައި ވެސް 24 ގަޑިއިރުގެ ވިޔަފާރިކުރުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން މިހާރު ދީފައިވާކަމަށެވެ.
"24 ގަޑިއިރު ވިޔަފާރިކުރުމުގެ އުސޫލުތަކާއި އިޖުރާޢަތްތައް ކޮންމެ ރަށެއްގެ ވެސް ކައުންސިލަކާއި ހިއްސާކޮށްފައިވާނެކަމަށާއި އެރަށެއްގައި 24 ގަޑިއިރު ވިޔަފާރިކުރަން ބޭނުންވާނަމަ ކައުންސިލަށް އޭގެ ފުރިހަމަ ބާރު ލިބިގެން ވޭ" ވިސާމް ވިދާޅުވިއެވެ.
މިހާތަނަށް އައިއިރު މާލެ ސިޓީއާއި އައްޑޫ އިން 31 ފިހާރައަކަށް 24 ގަޑީރު ވިޔަފާރި ކުރަން ހުއްދަ ދީފައިވެއެވެ.
24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރުން މެދުކަނޑާލާފައި އޮތުމަށްފަހު އެ ހުއްދަ ދޫކުރަން އަލުން ފެށީ މިއަހަރުއެވެ.




