ކުޑަކުދިންގެ ކުޅޭ ސާމާނާއި ކުޑަކުދިންނަށް ބޭނުންވާ ތަފާތު ވައްތަރުގެ ސާމާނު އެއްތަނަކުން ފޯރުކޮށްދެމުން އައި "މޫމޫ" ގެ ފިހާރައެއް މާލޭ ސިޓީގައި ހުޅުވައިފި އެވެ.
ޗާންދަނީ މަގު ރެޑްބީ ކުރިމަތީ އޮންނަ ގުމްރީ ގޯޅިީގައި ހުޅުވި "މޫމޫ" ފިހާރައަކީ މީގެ ކުރިން އޮންލައިން ފިހާރައެއްގެ ގޮތުގައި ހިންގަމުން އައި ފިހާރަ އެކެވެ.
ރޯބޯމޭންގެ ހަރަކާތްތަކާއި އެކު "މޫމޫ" ގެ ފިހާރަ ރަސްމީކޮށް ހުޅުވާފައިވަނީ އިއްޔެ ހަވީރު އެވެ.
ގުމްރީ ގޯޅީގައި ކުރިއަށް ދިޔަ ކުލަގަދަ މި ރަސްމިއްޔާތުގައި އެސަރަހައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވެއެވެ. އާންމުންނަށް ހުޅުވާލައިގެން ކުރިއަށްދިޔަ މި ހަރަކާތުގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވި އެވެ. އެ ކުދިންނަށް "މޫމޫ ގެ ފަރާތުން ހަދިޔާ ބަހާފައިވަނީ ރޯބޯ މޭން އެވެ.
"މީ ކުޑަކުދިންގެ ޓޯއީސް އެއްޗެހި ލިބެން ހުންނަ ޝޮޕްއެއް، ނޫހީމެން ލައިކްވާނެ ވަރަށް ބައިވަރު ޓޯއީސް ލިބެން ހުންނާނެ، އަދި މަންމަމެން ލައިކްވާ އެއްޗެސްވެސް ހުންނާނެ" މޫމޫގެ މެނޭޖަރ ނޫޙް އިބްރާހިމް އަޝްވާޤު ބުންޏެެވެ.
ތަފާތު ބުރޭންޑް ތަކުގެ ކުޑަކުދިންގެ ތައުލީމީ އަދި މުނިފޫހިފިލުވުމަށް ބޭނުންކުރާ ކުޅޭ ސާމާނުގެ ގިނަ ވައްތަރުތަކެއްގެ ސާމާނު އެ ފިހާރައިން ލިބެން ހުރި އިރު އިންސްޓަގްރާމާއި ފޭސްބުކް އައިޑީ @moomoomv އިން މިތަކެތި ފެންނާނެ އެވެ. އޮންލައިންކޮށް އޯޑަރު ކުރުމުން ހިލޭ ޑެލިވަރީގެ ހިދުމަތް ވެސް ފޯރުކޮށްދޭނެ އެވެ.
މޫމޫ އިން މީގެކުރިންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް މުދާ ޑެލިވަރ ކޮށްދެމުން އައިސްފައިވާއިރު މި ފިހާރައިގެ ސަބަބުން ކަސްޓަމަރުންނަށް އިތުރު ފަސޭހައެއް ލިބިގެން ދާނެކަމަށް ގަބޫލުކުރެވެއެވެ. ކުޑަކުދިންގެ މަޝްހޫރު ބްރޭންޑް ތަކުގެ އެކި ވައްތަރުގެ ހެދުމާއި، ސެންޑްލްސް އާއި، ބޫޓާއި ކުޑަކުދިން ބޭނުންކުރާ އެކްސެސަރީޒްއަކީ މައިންގެ މެދުގައި މަގުބޫލު ބްރޭންޑް ތަކެކެވެ.
"މޫމޫ" ބުރޭންޑުގެ ދަށުން ކުޑަކުދިން ޝައުގުވެރިވާ އިތުރު ސާމާނު ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގެ މާކެޓަށް ތަޢާރަފް ކުރާނެކަމަށް އެފަރާތުން ބުނެއެވެ.



